"ޓްރޯމާ އިން ޕޮލިސިންގ"ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފި

ވޯކްޝޮޕްގެ ގްރޫޕް ފޮޓޯ

މި ވޯކްޝޮޕަކީ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އިން، ދަ ވައިބް އަދި އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީ ޖަމުއިއްޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެއް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ ސުޕަވައިޒަރީ ލެވެލްގެ މުވައްޒަފުންނަށް "ޓްރޯމާ އިން ޕޮލިސިންގ"ގެ ނަމުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 15 އަދި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އިން، ދަ ވައިބް އަދި އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީ ޖަމުއިއްޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ސަފުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، އެމީހުން ކުރިމަތިލާންޖެހޭ ނާޒުކު އަދި ބިރުވެރި ހާދިސާތަކުން ލިބިދާނެ ނަފުސާނީ ގޮންޖެހުންތަކާ ސާބިތުކަމާއެކު ކުރިމަތިލުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. މީގެ އިތުރުން، ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހިތްނުތަނަވަސް ވެދާނެފަދަ އަދި ނުރައްކާތެރި ހާދިސާތަކުގައި އަމަލުކުރާ ގޮތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކޮށް، އެކަމަށް އަހުލުވެރިކުރުވުމެވެ.

އެގޮތުން، ޓްރޯމާ އަދި ސްޓްރެސް އަކީ ކޮބައިކަން، ފުލުހުންނަށް ދިމާވާ ޓްރޯމާ އަދި އަޅާނުލައި ދޫކޮށްލެވިއްޖެނަމަ ކުރިމަތިވެދާނެ ކަންކަން، ޓްރޯމާގެ ސަބަބުން މީހާގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށްކުރާ އަސަރުތަކާއި އެކަމުން އަރައިގަތުމަށް ނުވަތަ އަމިއްލަ ނަފުސަށް އަޅައިލުމަށް ކުރެވިދާނެ ކަންތައްތަކުގެ އިތުރުން ޓްރޯމާއާ ކުރިމަތިލާނެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

މީގެ އިތުރުން އިސްލާމީ ނަޒަރަކުން، ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާއި އީމާންތެރިކަމާއި ނަފުސާނީ ދުޅަހެޔޮކަމާ އޮންނަ ގުޅުމާ ބެހޭގޮތުން ވެސް މައުލޫމާތުދީފައިވެއެވެ.

މި ވޯކްޝޮޕުގައި މައުލޫމާތުދެއްވީ ސައިކޭޓްރިސްޓް ޑރ. މައުމޫން ޝަރީފް، އައްޝައިޚް އަހުމަދު ފަޙްމީ ދީދީ، ވިލާކޮލެޖްގެ ލެކްޗަރަރ އަދި ސައިކޮލޮޖިސްޓް އަޒްރާ އަބްދުލް ސައްތާރުގެ އިތުރުން އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީގެ ފެސިލިޓޭޓަރުންނާއި ދަ ވައިބް ޖަމުއިއްޔާގެ ފެސިލިޓޭޓަރުންނެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.