ކަރަންޓް ބިލް ބޮޑުވެގެން ބަހުސް ކުރި ދުވަހު، ކަރަންޓް ކެނޑިގެން ޖަލްސާ ނިންމާލައިފި

މަޖްލިސް ތަޅުން

ބެކަޕް ޖެނެރޭޓަރުގައި ހިފެހެއްޓޭނީ ކިހާ އިރަކަށް ކަމެއް ނޭނގެ ކަމަށް ނާޒިމް ވިދާޅުވި

ހުސްވަގުތަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު، މަޖިލިސް އިދާރާއިން ކަރަންޓު ކެނޑި މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ހުސްވަގުތުކޮޅަށް ދިޔައީ ފާއިތުވީ މަސްތަކުގައި ކަރަންޓު ބިލުތައް ބޮޑުވާތީ އެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސަށް ފަހުއެވެ.

ހުސްވަގުތަށްފަހު ޖަލްސާ ފެށިއިރު ރިޔާސަތުގައި އިންނެވީ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. ނަމަވެސް އިރުކޮޅަކުން މަޖިލީހުގެ ލައިވް ސްޓްރީމް ވަނީ ކެނޑިފައެވެ. އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން މަޖިލިސް އިދާރާއިން ބުނީ ކަރަންޓު ކެނޑުނީ ކަމަށެވެ. ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ފަހުން އަލުން ކަރަންޓު ލިބުނީ ބެކަޕް ޖަނަރޭޓަރެއް ބޭނުން ކޮށްގެންނެވެ. އެހެންވެ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެ ޖެނަރޭޓަރުން ކަރަންޓު ލިބިފައި ވަނީ މަޖިލީހުގެ ޗެމްބަރަށް އެކަނި ކަމަށެވެ.

"އަޅުގަނޑުމެންނަށް ހުރިހާ ފަންކްޝަންތަކެއް އެބަހުރި ސްޓްރީމް ވެސް ކުރަމުން ދަނީ. އެހެން ނަމަވެސް ބެކަޕް ޖެނެރޭޓަރުގައި އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ކިހާ އިރަކަށް ކަމެއް ނޭނގެ. އަޅުގަނޑު ގަސްްތުކުރަނީ މިއަދުގެ ޖަލްސާ މިހާ ހިސާބުން ކުރުކޮށްލާ އެޖެންޑާގެ ބާކީ ހުރި ބައި ދެން އަންނަ ޖަލްސާއެއްގައި ކުރުމަށް" ނާޒިމް ވިދާޅުވިއެވެ.

ޖިލީހުގެ އިދާރާ އިން މިއަދު، ކަރަންޓު ކެނޑުނުއިރު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ކަރަންޓު ފޯރުކޮށްދޭ ކުންފުނިތަށް ކަމަށްވާ ފެނަކައާއި ސްޓެލްކޯގެ ބިލުތައް ބޮޑުވެފައިވާތީ އެކަމާ ގުޅިގެން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރިކަން ފާހަގަކޮށް ކުއްލި މައްސަލަ ހުށައަޅާ ބަހުސް ކުރަން ފަށާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.