ފުލުހުން ހައްޔަރުކުރަން އުޅެނިކޮށް ފިލަން އުޅުމުގެތެރޭގައި އަނިޔާވި މީހާ ވެންޓިލޭޓަރުގައި

އައިޖީއެމްއެޗް

ފުލުހުންގެ ބެލުމުގެދަށަށް ގެންނަން އުޅެނިކޮށް 38 އަހަރުގެ ދިވެހި ފިރިހެނަކަަށް އަނިޔާވީ އޭނާ ފިލަން އުޅުމުގެތެރޭގަ

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގައި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން ބުނެފިއެވެ.

ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން، އެކޯޓަށް ހާޒިރުކުރުމަށް، ފުލުހުންގެ ބެލުމުގެދަށަށް ގެންނަން އުޅެނިކޮށް 38 އަހަރުގެ ދިވެހި ފިރިހެނަކަަށް އަނިޔާވީ އޭނާ ފިލަން އުޅުމުގެތެރޭގައެވެ.

އޭނާ ފިލަން މަސައްކަތް ކުރީ ކުޑަދޮރަކުން ފުންމާލައިގެންނެވެ.

ނަމަވެސް އޭނާ ފުންމާލިތަނާ ޖެހުނު ގޮތުން ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބި މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.

އާއިލާއިން ބުނީ އެ ހާދިސާގައި އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި އަދި މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

މިހާދިސާ ގައި ފުލުހުން އަމަލުކުރިގޮތާއިމެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާއި އާއިލާއިން ހިއްސާކޮށްފައިވާތީ އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.