ސަރުކާރު ހިއްސާވާ ކުންފުނިތަށް ހިންގުން ހަރުދަނާކުރަން އާ ގަވައިދެއް

ފިނޭސް މިނިސްޓްރީ

ސަރުކާރުގެ ކުންފުނިތަކުން ލޯނު ނަގާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތް ހިމަނައިގެން ކުންފުނިތަކުން އަމަލުކުރަންޖެހޭ ގަވައިދެއް (ޕީސީބީ) އިން އެކުލަވާލައިފި އެވެ.

ޕީސީބީ އިން މިފަދަ ގަވައިދެއް ހެދީ ސަރުކާރު ކުންފުންޏެއް ނުވަތަ ހުރިހާ އެސްއޯއީތަކުން އަމަލުކުރާނެ އާންމު އެއް އުސޫލެއް އޮންނަންޖެހޭ ކަމަށް ފެންނާތީ އެވެ.

ޕީސީބީ އިން މިދިޔަ ބުދަ ދުވަހު ފާސްކުރި ގަވައިދުގައިވާ ގޮތުން އެސްއޯއީ އަކުން ލޯން ނަގާނަމަ ޕީސީބީގެ އުސޫލުތައް ފުރިހަމަކުރުމަށްފަހު ހިއްސާދާރުންގެ ހުއްދަ ހޯދަންޖެހެ އެވެ. އަދި ލޯން ނަގަން ފާސްކުރާތާ ފަސް ދުވަހުގެ ތެރޭގައި ޕީސީބީއަށް އެކަން އެންގުމަށްފަހު ލޯން ނެގުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ހުށަހަޅަންޖެހެ އެވެ.

ޕީސީބީ އިން "ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް"ގެ ނަމުގައި އެކުލަވާލި ގަވައިދުގައި އެސްއޯއީތައް ގިންތިކުރުމާއި، މެނޭޖިން ޑިރެކްޓަރުން، ޗެއާމަނުން އަދި ބޯޑު މެމްބަރުންގެ އިނާޔަތްތައް ދެވޭނެ ގޮތްތަކެއްވެސްވެ އެވެ.

ޕީސީބީ އިން ކުރިން އަމަލުކުރަމުން ދިޔަ ގަވައިދުގައި އަލަށް އުފައްދާ އެސްއޯއީތައް ގިންތިކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާތީ އެކަމަށް އާ ގަވައިދުގައި ގޮތްތަކެއް ކަނޑައަޅާފައިވެ އެވެ. އަލަށް އުފައްދާ ކުންފުނިތައް ގިންތި ކުރާނީ އެ ކުންފުންޏެއް އުފެއްދި މަގުސަދާއި ރައުސުލްމާލަށް ބަލައިގެން ފިނޭންސްގެ ލަފައާއި އެކު ޕީސީބީންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.