އެޗްއެމްޕީވީ ވައިރަސް، ގައުމުތަކުން ފިޔަވަޅު އަޅަނީ

އެޗްއެމްޕީވީ

ކުއްލި ފިޔަވަޅުތައް އަޅަންޖެހި، ބަލި ފެތުރެމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

(އެޗްއެމްޕީވީ) ކަމަށް ދެނެގަނެވިފައިވާއިރު، މި ފަހަރުގެ ފިނިމޫސުމުގައި ޗައިނާގެ އުތުރު ސަރަހައްދުތަކުގައި މި ބަލީގެ ކޭސްތައް އިތުރުވެފައިވެ އެވެ.

މި ބަލި ފެތުރެން ފަށާފައި މިވަނީ، ފަސް އަހަރު ކުރިން ޗައިނާގެ ވޫހާން ސިޓީގައި ކޮރޯނާ ވައިރަސް ފެނުނު ކަމަށް ދުނިޔެއަށް އެންގުނުތާ ފަސް އަހަރު ފަހުންނެވެ. އެ ވައިރަހުގެ ސަބަބުން 7 މިލިއަން މީހުން މަރުވި ދުނިޔެ އެލާޓްވި ބަލިމަޑުކަމަކަށް ވެގެން ދިޔަ އެވެ.

ޗައިނާގެ ހޮސްޕިޓަލްތަކުގައި މީހުން މާސްކު އަޅައިގެން ތިބި މަންޒަރުތައް ސޯޝަލް މީޑިއާގައި ފެތުރެމުންދާއިރު، ސަރަޙައްދީ ރިޕޯޓުތަކުން ބުނެފައިވަނީ އެޗްއެމްޕީވީ ފެތުރެމުންދާ މަންޒަރު ކޮވިޑް ފުރަތަމަ ފެތުރުނު އިރު ފެނުނު މަންޒަރާ އެއްގޮތް ކަމަށެވެ.

ސިއްހީ އިދާރާތަކުން މި ބަލި ފެތުރުން ބެލުމަށާއި ކޮންޓްރޯލް ކުރުމަށް ކުއްލި ފިޔަވަޅުތަކެއް އަޅަމުންދާކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް، ބެއިޖިންގުން ބުނެފައިވަނީ މިއީ ކޮންމެ އަހަރެއްގެ ފިނިމޫސުމުގައިވެސް ދިމާވާ ކަމެއް ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިން ހުކުރު ދުވަހު ވިދާޅުވެފައިވަނީ ނޭވާލާ ނިޒާމުގެ ބަލިތައް ފިނިމޫސުމުގައި އާންމުކޮށް އިތުރުވާކަމަށެވެ.

ހިއުމަން މެޓަޕްނިއުމޯވައިރަސް ނުވަތަ އެޗްއެމްޕީވީ އަކީ ނޭވާލާ ނިޒާމަށް އަސަރުކުރާ ވައިރަހެކެވެ. މީގެ އަލާމާތްތައް ހުންނަނީ އާންމު ރޯގާ އާއި ފްލޫ ފަދައިންނެވެ. މި ބަލި އާންމުކޮށް ފެންނަނީ މާބޮޑު ނުރައްކަލެއް ނެތް މިންވަރަށް ކަމުގައިވިޔަސް، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، އަދި ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް ނިއުމޯނިއާ ފަދަ ނުރައްކާތެރި ހާލަތްތަކަށް ދިއުމުގެ ފުރުސަތު އޮވެ އެވެ.

މި ވައިރަހަކީ އާ ވައިރަހެއް ނޫނެވެ. ނަމަވެސް ޗައިނާގެ އުތުރު ސަރަހައްދުތަކުގައި 14 އަހަރުން ދަށުގެ ކުދިންގެ މެދުގައި ކޭސްތައް އިތުރުވަމުންދާތީ، މިދުވަސްވަރު މި ބަލީގެ ވާހަކަ އިތުރުވެފައިވެ އެވެ.

މި ވައިރަސް ފުރަތަމަ ފާހަގަކުރެވުނީ 2001 ވަނަ އަހަރު އެވެ. މިއީ އާރްއެންއޭ ވައިރަހެކެވެ. މި ވައިރަސް ފެތުރެނީ ނޭވާލާ ކިނބިހި ނުވަތަ ކެއްސާއިރު ބޭރުވާ ކުޅުގެ ޒަރިއްޔާއިން ނުވަތަ ވައިރަސްގެ އަސަރު ހުންނަ ތަންތަނުގައި އަތްލެވިގެނެވެ. މި ވައިރަހުގެ އިންފެކްޝަންތައް ކުރިން ވެސް އެކި ޤައުމުތަކުން ފާހަގަކުރެވިފައިވެ އެވެ. މީގެ ތެރޭގައި އިނގެރޭސިވިލާތް ހިމެނެ އެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކެއްސުމާއި، ހުންއައުމާއި، ނޭފަތް ބެދުމާއި، އަދި ވަރުބަލިވުން ހިމެނެ އެވެ. ބަލި ޖެހުމަށްފަހު އަލާމާތްތައް ފެންނަން ފަށަނީ 3 އާއި 6 ދުވަހުގެ ތެރޭގަ އެވެ. ކޮވިޑް-19 އާ ހިލާފަށް، އެޗްއެމްޕީވީ އަށް ވެކްސިނެއް ނުވަތަ ހާއްސަ އެންޓިވައިރަލް ފަރުވާއެއް ނެތެވެ. ފަރުވާ ދެވެނީ މައިގަނޑު ގޮތެއްގައި އަލާމާތްތައް ކޮންޓްރޯލް ކުރުމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނެފައިވަނީ ޗައިނާއިން ފެންނަމުންދަނީ މޫސުމީ ރޯގާއެއް ކަމަށާއި، އެކަމާ ގުޅިގެން އެ ގައުމުގައި އެމެޖެންސީ ހާލަތެއް އިއުލާންކޮށްފައި ނުވާ ކަމަށެވެ.

އެއިދާރާއިން މިހެން ބުނީ މިދުވަސްވަރު ޗައިނާގައި ނޭވަލާ ނިޒާމުގެ ބަލިތައް އާދަޔާ ޚިލާފަށް އިތުރުވެ، އެމަޖެންސީ ހާލަތު އިއުލާނުކޮށްފައިވާ ކަމަށް ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެޗްޕީއޭއިން ބުނީ ފިނި މޫސުމާ ދިމާކޮށް އާންމުގޮތެއްގައި ވެސް ޗައިނާ ހިމެނޭހެން އެހެން ގައުމުތަކުގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މި ދުވަސްވަރު އެންމެ ގިނައިން ޗައިނާއިން ފެންނަމުންދަނީ އިންފްލުއެންޒާ ކަމަށެވެ. އަދި މި ނޫންވެސް ނޭވާލާ ނިޒާމުގެ އެހެން ބަލިތައް ފެތުރެމުންދާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ހަވާލާދީ އެޗްޕީއޭއިން ބުންޏެވެ. މިއާއެކު އެ ގައުމުގެ ހާލަތު މޮނީޓާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.