ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު
އޭޕްރީލް މަހުން ފެށިގެން ކަރަންޓު ބިލް ބޮޑުވެގެން ސްޓެލްކޯއަށް ޝަކުވާ ހުށަހަޅައި މީސް މީޑިއާގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުން
ފާއިތުވި މަސްތަކުގައި ކަރަންޓު ބިލްތައް އިންތިހާ އަށް ބޮޑުވެފައިވާތީ އެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމްއެވެ.
މުހައްމަދު އިބްރާހިމްް ވިދާޅުވީ ފެނަކަ އަދި ސްޓެލްކޯއިން ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދެމުންދާއިރު ފަހަކަށް އައިސް ކަރަންޓު ބިލްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށާއި އެކަމަށް ހައްލެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ބަލައި ތަހުގީގު ކުރުމަށް އޭނާ ގޮވާލެއްވިއެވެ.
"ސަރުކާރުގެ ފަރާތުން ކަރަންޓު ފޯރުކޮށްދެއްވަމުން ގެންދަވާ މައި ދެ ކުންފުނި ކަމަށްވާ ފެނަކަ އާއި ސްޓެލްކޯގެ ފަރާތުން ފޯރުކޮށްދެއްވަމުން ގެންދަވާ ކަރަންޓަށް ކުރަމުންގެންދާ ބިލްތައް ފާއިތުވީ މަސްތަކުގައި އަދި ނިމިދިޔަ މަހުގައި އިންތިހާއަށް ބޮޑުވެފައިވާތީވެ މިކަންކަން ބަލައި ތަހުގީގު ކުރުމަށް ސަރުކާރަށް ގޮވާލަން." މުހައްމަދު އިބްރާހިމްް ވިދާޅުވިއެވެ.
މުހައްމަދު އިބްރާހިމްް ވިދާޅުވި ގޮތުގައި މިއަހަރު އޭޕްރީލް މަހުން ފެށިގެން ކަރަންޓު ބިލް ބޮޑުވެގެން ސްޓެލްކޯއަށް ޝަކުވާ ހުށަހަޅައި މީސް މީޑިއާގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ނަމަވެސް މި ވޭތުވެދިޔަ މަސްތަކުގައި ރީޑިންގ ނަގާފައިވާ ބިލްތައް އަދި ކުރިޔަށްވުރެ ބޮޑުކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން." މުހައްމަދު އިބްރާހިމްް ވިދާޅުވިއެވެ.
ސްޓެލްކޯއިން ލުއި ދިނުމުން ވެސް ކަރަންޓު ބިލް ބޮޑުވި ގޮތުގެ ތަފްސީލު ހޯދަން އެދުމުން އެ ތަފްސީލު އަދި ލިބޭ ގޮތެއް ނުވާ ކަމަށާއި ތަފްސީލު ލިބުނު ބިލްތައް ހަދާފައިވަނީ އެވްރެޖް ބިލްތަކެއްގެ ގޮތުގައިކަން މުހައްމަދު އިބްރާހިމްް ފާހަގަކުރެއްވިއެވެ.
އެހެންވެ، މިކަމުގައި އަވަސް ހައްލެއް ހޯދައި ދިނުމަށް މުހައްމަދު އިބްރާހިމްް ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.
މި ކުއްލި މައްސަލަ މަޖިލީހުގައި ހާޒިރުވެ ވަޑައިގެން ތިއްބެވި 63 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ވޯޓާއެކީ މަޖިލީހުން ވަނީ ބަލައިގެންފައެވެ.
ކޮމެންޓް