ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކުޅިވަރު ސާމާނުތަކެއް ހަދިޔާކޮށްފި

ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކުޅިވަރު ސާމާނުތަކެއް ހަދިޔާކޮށްފި

އެ ސާމާނުތައް ހަދިޔާކޮށްފައިވަނީ އެ ކަމަށްޓަކައި ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައެވެ.

ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން އެ ސާމާނުތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުންނެވެ.

ބަންގްލަދޭޝްއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި:

  • 100 ފުޓުބޯޅަ

  • 100 ފުޓްސަލް ބޯޅަ

  • 90 ވޮލީ ބޯޅަ

  • 100 ބިބްސް

މިނިސްޓްރީގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ސްޓޭޓު މިނިސްޓަރު މުހައްމަދު ރިޔާޒެވެ. އެ ތަކެތި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު އެޑްމިރަލް އަބްދުލް ކަލާމް އާޒާދެެވެ.

އެ ތަކެއްޗާ ހަވާލުވެވަޑައިގަތުމަށް ފަހު ސްޓޭޓު މިނިސްޓަރު ރިޔާޒް ވަނީ އެ ތަކެތި ހަދިޔާކުރެއްވި ކަމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި، އެ ތަކެތީގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ފައިދާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ތަކެތި ބަހަން ނިންމާފައިވަނީ ސްކޫލުތަކާއި އެހެން ބައެއް އިދާރާތަކަށެވެ.

ތަކެތި ހަދިޔާކުރުމަށް ފަހުގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ވަނީ ދެ ގައުމުގެ ގުޅުމަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި، ރާއްޖެއާ އެކު ބަންގްލަދޭޝްއިން ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް ހައިކޮމިޝަނަރު ވަނީ ދެއްވައިފައެވެ.

ކުޅިވަރު ސާމާނު ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީއާއި ހައިކޮމިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.