ރައީސް ޑރ. މުޢިއްޒު އާއި ރައީސް ނަޝީދު
އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރިންނާއި މެންބަރުންނަށް ވިދާޅުވެފަ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "ދަ ޑިމޮކްރެޓްސް" ގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ އިސްވެރިންނާ މެމްބަރުންނަށް ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ "ދަ ޑިމޮކްރެޓްސް" ގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރިންނާއި މެންބަރުންނަށް ވިދާޅުވެފައެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަދި ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުވެސް އަދާކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ. ރައީސް ނަޝީދު އުފެއްދެވި މި ޕާޓީއަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމާއެކު ޕާޓީ ބައިބައިވެ، ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަޕޯޓަރުން ދެފަޅިއަށްބެހިގެން ދިޔަ ދަނޑިވަޅުގައި އުފެއްދި ޕާޓީއެކެވެ.
ދަ ޑިމޮކްރެޓްސް އުފެއްދީ 2023 ވަނަ އަހަރުގައެވެ. އެ ޕާޓީ އުފެއްދީ އެމްޑީޕީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް މެމްބަރުންނާއި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ވެސް ހިމެނިގެންނެވެ.
ކޮމެންޓް