އެސްޓީއޯ ފިއުލް ސްޓޯރޭޖްގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކ.ފުނަދޫގައި ހުންނަ އެސްޓީއޯގެ ފިއުލް ސްޓޯރޭޖްގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފިއެވެ.

މި ކޯހަކީ ޖަނަވަރީ 14 އިން 23 އަށް ކުރިއަށް ގެންދިޔަ ކޯހެއް ކަމަށްވާއިރު، މި ކޯހުގައި އެސްޓީއޯގެ ފިއުލް ސްޓޯރޭޖްގެ ހަތް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ކޯހުގައި މުވައްޒަފުންނަށް އުނގަންނައިދިން ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިމެނެއެވެ. މީގެ ތެރޭގައި ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގްއިޝަރސް، އިންސިޑެންޓް މެނޭޖްމަންޓް ސިސްޓަމް ފަދަ މުހިންމު ބައިތައް ހިމެނެއެވެ.

އަދި މީގެ އިތުރުން ޕޯޓަބަލް ފަޔަރ ޕަމްޕް، ފަޔަރ ރޯޕްސް އެންޑް ނޮޓްސް، ފަޔަރ ޑިޓެކްޝަން އެންޑް އެލަރމް ސިސްޓަމްސް، ފަޔަރ ސްޓްރީމް، ފަޔަރ ހޯސް އަދި ފަޔަރ ފައިޓަރ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އާ ގުޅޭ މަޢުލޫމާތު ވެސް ވަނީ ކިޔަވައިދީފައެވެ.

މި ކޯހުގެ ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ތަޖުރިބާކާރު ފަޔަރފައިޓަރުންނެވެ. މި ކޯހަކީ ފިއުލް ސްޓޯރޭޖް ފަދަ ނާޒުކު ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަލިފާނުގެ ހާދިސާތަކުގައި ޢަމަލުކުރަންވީ ގޮތުގެ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް ހިންގުނު ކޯހެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.