އެމްއެމްޕީއާރްސީ އަށް އައްޔަނުކުރެވުނު ޤިޔާސް
ޤިޔާސް އަކީ މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓްރެވަލް އޭޖަންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް
އެމްއެމްޕީއާރްސީގެ ޗެއާރޕާސަން އަކަށް އަބްދުﷲ ޤިޔާސް އައްޔަނުކުރައްވައިފިއެވެ.
ޤިޔާސް އަކީ މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓްރެވަލް އޭޖަންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އެވެ. އޭނާ އެ މަޤާމަށް ހޮވިވަޑައިގެންފައިވަނީ 4 ޖޫން 2022 ގައެވެ. އޭނާ ވަނީ މަޓާޓޯގައި 18 އަހަރު އަމަލީ ގޮތުން އެކި ހައިސިއްޔަތުން މަސައްކަތް ކުރައްވާފައެވެ،
ޤިޔާސްއަށް ވަނީ ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން (ޕަޓާ) ގެ ފޭސް އޮފް ދަ އިޔަރ 2018 ގައި ލިބިވަޑައިގެންފައެވެ.
ޤިޔާސްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އާ މޫނެއް ނޫނެވެ. އޭނާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި 20 އަހަރު ހޭދަކުރައްވައިފަ އެވެ. އެގޮތުން ޤިޔާސް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކެއް އުފެއްދުމުގައި އިސް ރޯލެއް އަދާކުރައްވާފައެވެ.
އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ނުރައިން ޖަނާހު އިސްތިއުފާ ދެއްވުމުންނެވެ.
ކޮމެންޓް