ކެބިނެޓް ބައްދަލުވުމެއްގައި ރައީސް
ކޮންމެ ރައްޔިތަކީވެސް ދިވެހީންގެ ކުރިމަގަށް ކުރާ އުންމީދުގެ ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވި
ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ މި ޤައުމަށް އަގުހުރި ދަރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ މި އުމަށް އަގުހުރި ދަރިއެއް ކަމަށެވެ. އަދި ކޮންމެ ރައްޔިތަކީވެސް ދިވެހީންގެ ކުރިމަގަށް ކުރާ އުންމީދުގެ ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހެވެ.
މި އަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ "ލީވް ނޯ ވަން ބިހައިންޑް، ކައުންޓް އެވްރީވަން" ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް