މިއަދުގެ ބައްދަލުވުމުގެ ތެރެއިން
މާލެ ސިޓީއަށް އަމާޒުކޮށްގެން ޔޮޓާއި ކްރޫޒްގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުމާއި ގުޅޭގޮތުން މޭޔަރު އާދަމް އާޒިމްއާ މަޝްވަރާ ކުރެއްވި
މާލޭގައި ކްރޫޒް އަދި ޔޮޓް ޓޫރިޒަމް ތަރައްޤީ ކުރުމަށް މަޝްވަރާކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީއަށް އަމާޒުކޮށްގެން ޔޮޓާއި ކްރޫޒްގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުމާއި ގުޅޭގޮތުން މޭޔަރު އާދަމް އާޒިމްއާ މަޝްވަރާ ކުރައްވާފައިވާކަމަށެވެ.
މިއީ ފަތުރުވެރިކަން ފުޅާކުރުމަށް ކުރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން އިތުރު ފަތުރުވެރިންގެ ސަމާލުކަން ރާއްޖެއަށް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،025،296 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 939،414 ފަތުރުވެރިންނެވެ.
ރާއްޖެއަށް މިއަހަރު ވަނީ 8 ކްރޫޒް ލައިނަރ ޒިޔާރަތްކޮށްފައެވެ. އަދި އޭގެން ގިނަ ފަތުރުވެރިން ވަނީ މާލެއަށް ޒިޔާރަތްވެސް ކޮށްފައެވެ.
ކޮމެންޓް