އެމްސީޖީއެޗް
މާލެ ސިޓީ ގްރޫޕް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ވަފުދެއް މެޑިކްލިނިކް ސިޓީ ހޮސްޕިޓަލަށް ޒިޔާރަތްކޮށް، އެ ހޮސްޕިޓަލުގެ ހިންގުމުގެ ނިޒާމާއި ޚިދުމަތްތަކާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް އެއްކުރެއްވިއެވެ.
މި ދަތުރުގައި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލް ތަމްސީލުކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޒިޔާރަތުގައި މެޑިކްލިނިކް ސިޓީ ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކޮށް، އެ ހޮސްޕިޓަލުގެ ހިންގުމުގެ ނިޒާމާއި ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ގެންގުޅޭ އުސޫލުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މެޑިކްލިނިކް މިޑްލް އީސްޓްގެ ފަރާތުން ވަފުދަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައި، އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ފަންނީ މާހިރުން އެމްސީޖީއެޗްގެ ވަފުދާއެކު އެ ބޭފުޅުންގެ ތަޖުރިބާތައް ޙިއްސާކުރެއްވިއެވެ.
މި ޒިޔާރަތުން ލިބުނު މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި، ރާއްޖޭގެ ސަރުކާރު ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް އިތުރަށް ރަނގަޅުކޮށް، ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްސީޖީއެޗްގެ ފަރާތުން ފާހަގަކުރައްވައެވެ.
ކޮމެންޓް