އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސައްކަތްތަކުގެ ސަބަބުން ރަނގަޅު މުޖުތަމަޢެއް ބިނާވުމަށް މަގުފަހިވާކަމެއް: ވަޒީރު އާދަމް ޝަރީފު ޢުމަރު

ބައްދަލުވުމުގެ ތެރެއިން

މި ބައްދަލުވުމުގަައި ޑަބްލިޔޫ.ޑީ.ސީން ކުރައްވައިފައިވާ ކަންތައްތަކާއި، ކުރައްވަމުން ގެންދަވައި ކަންތައް އޮޅުންފިލުވައި ދެއްވި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސައްކަތްތަކުގެ ސަބަބުން ރަނގަޅު މުޖުތަމައެއް ބިނާވުމަށް މަގުފަހިވާ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް އިއްޔެ ވުޒާރާގައި ބޭއްވި ބައްދަލުވުގައި، އެ ބޭފުޅުންނާ މުޚާޠަބުކުރައްވާ ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައެވެ.

އިއްޔެ ހެނދުނު އެ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގަައި ޑަބްލިޔޫ.ޑީ.ސީން ކުރައްވައިފައިވާ ކަންތައްތަކާއި، ކުރައްވަމުން ގެންދަވައި ކަންތައް އޮޅުންފިލުވައި ދެއްވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި އެ ކޮމިޓީން ކުރިމަގުގައި ކުރައްވަން ރާވައިފައިވާ ކަންތައްތައް ވެސް ޙިއްޞާ ކުރައްވައިފައި ވެއެވެ.

މި ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި، ސިޓީ ތަކާއި ބެހޭ ވުޒާރާގެ ޑަބްލިޔޫ.ޑީ.ސީ ޔުނިޓުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރިކުރުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.