އިޝާންގެ ކެންޕެއިން ޕޯސްޓަރ
އިޝާން އަކީ ސިޔާސީ ދާއިރާއަށް އާ މޫނަކަށް ވިޔަސް، ސިޔާސީ ކަންތައްތަކުގެ ފަރުދާގެ ފަހަތުގައި އެކި މަސައްކަތްވަނީ އިޝާން ކުރައްވާފަ
ރަށު އަދި ސިޓީ ކައުންސިލްތަކުގެ މަގާމުތަކަށް ހޮވި ވަޑައިގަންނަވާ ބޭފުޅުންނަކީ ރައްޔިތުންނާއި ވަރަށް ގާތުން، ރައްޔިތުންނާއި އެކު މަސައްކަތް ކުރާ ބޭފުޅުން ތަކެކެވެ. ރައްޔިތުންނަށް ރަށުގައި ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫތަށް ހައްލުކުރަން އިންތިޚާބު ކުރެވޭ ބަޔެކެވެ. މާލެ ސިޓީ ކައުންސިލްގައި މި ވަގުތު 3 މަގާމެއް ވަނީ ހުސްވެފައެވެ. އަދި އެ މަގާމުތަކަށް ބައި އިލެކްޝަން އެއް 20 ޖުލައި ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތި ލާފައިވާ ފާތިމަތު އިޝާން އަލީ އާއެކު ބައްދަލުކޮއްލާ، އެބޭފުޅާ އާއެކު މިނެޓްސް އޮންލައިންގެ ދާއިރާ އާޑުގެ ސެގްމެންޓްއަކަށް އިންޓަވިއު ކޮއްލީމެވެ.
އިޝާން އަކީ ވަރަށް ތައުލީމީ ބޭފުޅެކެވެ. އިޝާން ވަނީ އޮސްޓްރޭލިއާގެ ކާރޓިން ޔުނިވާސިޓީން ވަނީ މާސް ކޮމިއުނިކޭޝަން އިން ބެޗަލާސް ޑިގްރީއެއް ހާސިލްކުރައްވާފައެވެ. އަދި އިނގެރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަން އިން ވަނީ އިންޓަރނޭޝަނަލް މާކެޓިންގ މެނޭޖްމަންޓްއިން މާސްޓަރސް ހާސިލްކުރައްވާފައެވެ.
އިޝާން އަކީ ސިޔާސީ ދާއިރާއަށް އާ މޫނަކަށް ވިޔަސް، ސިޔާސީ ކަންތައްތަކުގެ ފަރުދާގެ ފަހަތުގައި އެކި މަސައްކަތްވަނީ އިޝާން ކުރައްވާފައެވެ. އެގޮތުން 2008 އިން ފެށިގެން ސްޓްރެޓެޖީތަށް ފަރުމާ ކުރުމުގައި އަދި ޕޮލިސީ ތަށް ފަރުމާ ކުރުމުގައި އިޝާން ވަނީ ހަރަކާތްތެރިވެފައެވެ. އިޝާން އަބަދުވެސް ބޭނުންފުޅުވަނީ ރައްޔިތުންނަށް ހެޔޮ އަދި އޯގާތެރި ވެރިކަމެއް ގެނެސްދިނުމެވެ. މިހެން ކަމުން، ސިޔާސީ ކަންކަމުގައި ފަރުދާގެ ފަހަތުން ނުކުމެ، ފަރުދާގެ ކުރިމައްޗަށް އައިސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމާ ކުރިމަތި ލިއެވެ.
"މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ލީ، ރައްޔިތުންގެ އަޑު މިނިވަންކޮށް މަޖިލީސް ތެރޭގައި އެއްވެސް ނުފޫޒަކާ ނުލާ ރައްޔިތުންނަށް ހިދުމަތްކުރަން" އިޝާން ވިދާޅުވިއެވެ.
އިޝާން ކުރިމަތިލެއްވި ދާއިރާއިން ނާކާމިޔާބިވިޔަސް، ރައްޔިތުންނާއި ގާތުން، ރައްޔިތުންނަށްޓަކައި މަސައްކަތްކުރަން ބޭނުންވާތީ އިޝާން ވަނީ މާލެ ސިޓީގެ ހުސްވެފައިވާ މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތި ލާފައެވެ.
މާލެ ސިޓީ އަކީ ގިނަ ގުނަ މައްސަލަތަކެއް ދިމާވަމުންދާ ސިޓީއެކެވެ. އިޝާން ވިދާޅުވިގޮތުގައި މި މައްސަލަތަކަކީ ކިތަންމެ ކުޑަ މައްސަލަތަކެއް ކަމުގައި ހީވާ ނަމަވެސް، މި މައްސަލަތަކަކީ ވަރަށް ބޮޑެތި މައްސަލަތަކެއް ކަމަށެވެ. އަދި މި މައްސަލަތަކަކީ އިޝާންވެސް ތަހައްމަލް ކުރަމުންދާ މައްސަލަތަކެއް ކަމަށެވެ.
"ރައްޔިތުންނަށް ކަމެއް ކޮއްދެވޭނީ އަދުގެ ސަރުކާރަށް. ޕީއެންސީ ޕީޕީއެމް ސަރުކާރަށް ކައުންސިލްގެ މެޖޯރިޓީ ލިބިގެން މާލެ ސިޓީގައި ކަމެއް ކުރެވެން އަންނަނީ" އިޝާން ވިދާޅުވިއެވެ.
ޕީއެންސީ ހަރުގެ ހުޅުވުމުގެ ހަފްލާގައި ދެއްކެވި ވާހަކަފުޅުގައި ވަނީ ޕީއެންސީގެ ފަރާތުން ކުރިމަތިލާފައިވާ ފަރާތްތަކަށް އެމަނިކުފާނުގެ ތާއީދު އަރުވާފައެވެ.
"އަޅުގަނޑު ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން. އަޅުގަނޑު ބޭނުން ވަނީ ކައުންސިލްތައް މެދުވެރިކޮށް ކަންތައްތަށް ކުރަން. މާލޭގެ ރައްޔިތުން ކިބައިން އެދެން އަޅުގަނޑުމެންގެ ކެންޑިޑޭޓް ހޮވާދެއްވުމަށް. އަޅުގަނޑުމެންގެ ކިބައިން ފެންނާނީ ތެދުވެރިކަމާ، އަމާނާތްތެރިކަމާ، އިހްލާސްތެރިކަން. އެނޫން ކަމެއް ކުރާނެ މީހަކަށް އަޅުގަނޑު ފުރުސަތެއް ނުދޭނަން. ތިޔަބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރި. އަޅުގަނޑަށް އިތުބާރު އެބޭފުޅުންނަށް އެބައޮތް" ޕީއެންސީގެ ކެންޑިޑޭޓުންނަށް އިޝާރާތްކުރަށް ކުރައްވާ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އިޝާން ވަނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެގޮތަށް ކަންތަށް ކުރަން އިންތިޙާބު ވުމާއެކު، ދާއިރާ އޮފީހެއް ހުޅުވުމަށް އިޝާން ވަނީ ނިންމަވާފައެވެ. އެ އޮފީހުން ރައްޔިތުންނަށް ބޭނުންވާ ގިނަ ގުނަ ހިދުމަތްތަކެއް ލިބޭނެކަމަށް އިޝާން ވިދާޅުވިއެވެ. އަދި އެ އޮފީހުން ރައްޔިތުން ނިސްބަތްވާ ޕާޓީ އަކަށް ބެލުމެއްނެތި ހިދުމަތް ދެވޭނެ ކަމަށް އިޝާން ވިދާޅުވިއެވެ.
"އަޅުގަނޑަށް ވޯޓުދެއްވަންވީ ސަބަބަކީ އަޅުގަނޑަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ، އެބޭފުޅުންގެ ކަންކަން ހައްލު ކޮއްދޭނެ ގާބިލް ބޭފުޅެއް ކަމަށް ވާތީ" އިޝާންއަށް ވޯޓު ދެއްވަންވީ ސަބަބު ބަޔާން ކޮއްދެއްވިއެވެ.
އިޝާން އާއި ބައްދަލުކޮއްލެވުނީ ސަމަރ މޯލްޑިވްސް ހޮޓެލްގެ ހިތްގައިމު މާހައުލުންނެވެ. އެގޮތުން ސަމަރ ކްލައުޑް ރެސްޓޯރަންޓް އަކީ ވަރަށް ހިތްގައިމު މާހައުލެއް އަދި އެހާމެ ރީތި މަންޒަރަކާއެކު ކެއުމެއް ނުވަތަ ބުއިމެއް ބައްލަވާލަން އިހްތިޔާރުކޮއްލަން ރަނގަޅު ރެސްޓައުރަންޓެކެވެ. އަދި ސަމަރ މޯލްޑިވްސް ހޮޓަލަކީ ހިތްގައިމު ރޫމްތަކާއެކު އެހާމެ ފުރިހަމަ ހިދުމަތް ތަކެއް ފޯރުކޮއްދޭ ހޮޓެލްއެކެވެ. މި ހޮޓަލުގައި ޖުމްލަ 28 ކޮޓަރި ހިމެނެއެވެ.
ކޮމެންޓް