ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރާއެކު
2022 ގައި ފެށުނު ޔޫކްރެއިން ހަނގުރާމައަށް އެމެރިކާއިން ވަނީ 50 ބިލިއަން ޑޮލަރަށް ވުރެން ގިނައިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފަ
އެމެރިކާއިން ޔޫކްރެއިންއަށް 2.3 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީތެރިކަން ދޭން ނިންމައިފިއެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން، ޔޫކްރެއިން ޑިފެންސް މިނިސްޓަރ ރުސްތެމް އުމެރޮވް އާއެކު ބޭއްވުނު ބައްދަލުވުމަކަށްފަހު ވިދާޅުވީ އެމެރިކާއިން އޫކްރެއިންއަށް 2.3 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީތެރިކަންދޭން ވަނީ ނިންމާފަކަމަށެވެ. މި އެހީގައި ވައިގެ ހަމަލާތަކުން ދިފާއު ވުމަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ލޮއިޑް ވިދާޅުވިއެވެ. އަދި އެންޓި ޓޭންކް ހަތިޔާރާއި އެހެނިހެން ހަތިޔާރުވެސް ޔޫކްރެއިންއަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ލޮއިޑް ވިދާޅުވިއެވެ.
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ މި ހަތިޔާރުތަށް ނުލިބިގެން އެތަކެއް ފަހަރު މަތިން އެމެރިކާގެ އެހީތެރިކަމަށް ގޮވާލާފައެވެ. 2022 ގައި ފެށުނު ޔޫކްރެއިން ހަނގުރާމައަށް އެމެރިކާއިން ވަނީ 50 ބިލިއަން ޑޮލަރަށް ވުރެން ގިނައިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައެެވެ.
ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރ އެމެރިކާއަށް މި ކުރައްވާ ޒިޔާރަތަކީ މި މަހުގެ 9 ވަނަ ދުވަހު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ނޭޓޯ ސަމިޓުގައި ބައިވެރި ވުމަށް ކުރާ ޒިޔާރަތެކެވެ. ޔޫކްރެއިން އިން އަންނަނީ ނޭޓޯ އާއި ގުޅުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް