ްޤައުމު ހަމަ މަގަށް އެޅުވޭނީ ވެރިން ޒިންމާދާރުކުރުވައިގެން: ރައީސް ޔާމިން

ރައީސް ޔާމީން އިވެންޓެއް ތެރޭގައި

ކަންކަން ރަނގަޅުކުރުމުގެ ވައުދާއެކު އައި ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވުމަށް އިލްތިމާސްކުރެއްވި

ޤައުމު ހަމަ މަގަށް އެޅުވޭނީ ވެރިން ޒިންމާދާރުކުރުވައިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ޙިޖުރީ އާ އަހަރު ފެށުމުގެ މުނާސަބާގެ ތަހުނިޔާއާ މުބާރިކު ބާދީ އަރިސްކުރައްވާ ފޮނުއްވި މެސެޖެއްގައެވެ.

ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ރައީސް ޔާމިން ވިދާޅުވީ، ގައުމު ހަމަ މަގަށް އެޅުވޭނީ ވެރިން ޒިންމާދާރުކުރުވައިގެން ކަމަށެވެ. އެހެންކަމުން ޕާޓިއަކަށް ސިޔާސީ ފިކުރަކަށް ނުބައްލަވާ ނިކުމެ ހުރިހާ ރައްޔިތުންވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ޔާމިން ވިދާޅުވިއެވެ.

އޭގެ އިތުރުން ކަންކަން ރަނގަޅުކުރުމުގެ ވައުދާއެކު އައި ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވުމަށް ރައީސް ޔާމީން ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްނުކުރުމަށްވެސް އެމަނިކުފާނުގެ މެސެޖުގައި އިލްތިމާސް ކުރައްވާފައިވެއެވެ.

ޔާމިން ވިދާޅުވީ އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން މިއަދު ހަނދާންކުރަންޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވަމުން ގެންދާ އަނިޔާއިން އެ މުސްލިމު އަޚުންނާ އުޚުތުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.