ރޭގެ އޮޕަރޭޝަންގެ ފޮޓޯއެއް
މި އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި
ޤަވާއިދާ ޚިލާފަށް ކޮފީޝޮޕްތަކެއް ހިންގި 8 ބިދޭސީން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ އިއްޔެ ހަވީރު "ޖޮއިންޓް ޓާސްކް ފޯސް" އިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ޓޭކްއަވޭ ކޮފީ ޝޮޕް ވިޔަފާރިތަކެއް ހިންގަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ހިންގި އޮޕަރޭޝަނުގައި އަށް ބިދޭސީން ހައްޔަރުކޮށްފައި ވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރު ކޮށްފައިވާއިރު މާލޭގެ އެކި ފިހާރަތަކާއި މާރުކޭޓުތައް ބިދޭސީން ހިންގާކަމުގެ ޝަކުވާއަކީ އަބަދުވެސް ލިބޭ ޝަކުވާއެކެވެ. އަދި އެފަދަ ފަރާތްތަކުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދައި އެފައިސާ ރާއްޖޭން ބޭރަށް ފޮނުވާ މައްސަލަ ހައްލު ކުރުމަށް ވެސް ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ރާއްްޖޭގައި ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
ކޮމެންޓް