ދަރަނީގެ ވާހަކަ ދައްކާއިރަށް އެމްޑީޕީން މަތިޖަހަން އުޅޭ ކަމަށް ގާސިމް ވިދާޅުވެއްޖެ

ކޮމިޓީއެއްގައި ގާސިމް

ޕީޕީއެމް ސަރުކާރުން ނެގި 200 މިލިއަން ޑޮލަރު ހޭދަކޮށްފައިވޭ

އެމްޑީޕީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ވާހަކަ ދައްކަން ފަށާއިރަށް އެ ޕާޓީން އުޅެނީ އެ ވާހަކަ "މަތިޖަހަން" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ ކޮންމެ ސަރުކާރަކުން ދަރަނި ނަގާފައި އޮތަސް އެ ވާހަކަ ކޮންމެހެން ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އެހެންނަމަވެސް ގިނަ ލާރި ޓެމްޕޮރަރީ ޝޯޓް ޓާމަށް ބޮޑު އަދަދު އަދަދުން ނަގާފައި ހުރީ ކާކު؟ ޕީޕީއެމްގެ ސަރުކާރުން ނަގާފައި އޮތް ކަމުގައި ވީނަމަވެސް އޭތި އެންރޯލް ކުރީ ކާކު؟ އާދެ މިދިޔަ ސަރުކާރުން! އެމްޑީޕީން! ޕީޕީއެމް ސަރުކާރުން ނެގި 200 މިލިއަން ޑޮލަރު ހޭދަކޮށް. އޭގެ ފަހުން އެމީހުން ނަގާފައި އޮތް 200 މިލިއަން ޑޮލަރު ހަމަވަނީ. އެހެންވީމަ އެވާހަކަ ދައްކަން އަޅުގަނޑުމެން ފެށީމަ އެވާހަކަ މަތިޖަހަން އުޅުނަސް ކަމަކުނުދާނެ. އެވާހަކަ ދައްކަން އެބަޖެހޭ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގައުމުގެ އިގްތިސާދު ރަނގަޅުކޮށް މާލީ ހާލަތު ރަނގަޅުކުރުމަށް ދައުލަތުން އިސްލާހުކުރަންޖެހޭ ކަންކަމާ، ފިޔަވަޅު އަޅަންޖެހޭ ކުންފުނިތަކާ، ޒިންމާއެއް ނެތް ގޮތަށް ދީފައިހުރި ވަޒީފާތަކާ މި ހުރިހާ ކަމަކަށް ވިސްނުމަށް ފަހު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ގާސިމްގެ ޖުމްހޫރީ ޕާޓީ އޮތީ ކޯލިޝަން ޕާޓްނަރަކަށެވެ. އަދި ސަރުކާރުގެ އެކި މަގާމުތަކުގައި ޖުމްހޫރީ ޕާޓީގެ އެކި ބޭފުޅުން ތިއްބެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.