ޖެޓުތަށް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި (ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް)
މި ޖެޓުތަކަކީ އިޓަލީ ވިލާތުގެ އަސްކަރިއްޔާގެ ޔޫރޯ ފައިޓާރ ޓައިފޫންތަކެއް
މާލެ މަތިން އަސްކަރީ ޖެޓުތަކެއް ދެންމެގެ ވަގުތެއްގައި ދަތުރުކޮއްފިއެވެ.
3:15 ހާއިރު ބާރު އަޑުފައްގަނޑެއް އިވުމާއިއެކު އެންމެންގެ ސަމާލުކަން އަމާޒުވީ އުޑަށެވެ. އުޑުމަތިން 4 އަސްކަރީ ޖެޓުތަކެއް އުދުހުނު މަންޒަރުވަނީ އެވަގުތު މަގުމަތީގައި ތިބި މީހުންނަށް ފެނިފައެވެ. އަދި ވީޑިއޯތަކާއި ފޮޓޯތަށް ދަނީ މީސް މީޑިއާގައި އާންމުކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަސްކަރީ ޖެޓުތަކަކީ އިޓަލީ ވިލާތުގެ އަސްކަރިއްޔާގެ ޖެޓުތަކެކެވެ. މި ޖެޓުތަށް ޖައްސާފައިވަނީ ތެޔޮ އެޅުމުގެ ބޭނުމަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ޖެޓުތަށް މާލެ ވައިގެ ބަނދަރަށް ޖައްސާފައިވަނީ އެކަމަށް ނަގަންޖެހޭ ހުއްދަތަށް ނަގައިގެން ކަމަށް މަސްދަރަކު ވަނީ މިނެޓްސް އޮންލައިންއަށް މައުލޫމާތުދީފައެވެ. އަދި އިޓަލީ ވިލާތުގެ މި ޖެޓުތަކަކީ ކޮންމެ އަހަރަކު 2 ފަހަރު ރާއްޖޭގައި ޓްރާންސިޓްވާ ޖޭޓުތަކެއް ކަމަށް އޭނާ މައުލޫމާތު ދިނެވެ.
އެއްވެސް މަތިންދާ ބޯޓެއް މީހުން ދިރިއުޅޭ ޝަހަރެއްގެ މަތިން ދަތުރުކުރުކޮށެއް ނުހަދައެވެ. މިކަމާއި ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް އިދާރާ އަކުން ހިއްސާއެއް ނުކުރެއެވެ.
ކޮމެންޓް