އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު އިއްޔެ ބަންދުކުރިކަމަށް ދެކެވެމުންދާ ވާހަކަތައް، އެ މިސްކިތުގެ އިމާމް އައްޝައިހް އިބްރާހިމް ރަޝީދު ހަސަން ދޮގުކުރައްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެ މާލެސިޓީއަށް ވަޑައިގަތުމާ ދިމާކޮށް، އަސްރު ނަމާދު ވަގުތަށް އިސްލާމީ މަރުކަޒު ބަންދުކުރިކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ އެވާހަކަ ދައްކާފައެވެ. މިކަމާ ގުޅޭގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝެއިހް އިބްރާހިމް ރަޝީދު ވިދާޅުވީ، އިސްލާމީ މަރުކަޒު ބަންދު ނުކުރާކަމަށެވެ.
ޝެއިހްގެ ޕޯސްޓްގައި ވިދާޅުވީ، ބަންގި ގޮވިއިރު ވެސް މިސްކިތުގައި ހުރީ އެންމެ މީހެއް ކަމަށާއި، އަދި ނަމާދުގެ ޖަމާޢަތަށް ވެސް ހާޒިރުވީ ފަންސަވީހަކަށް މީހުން ކަމަށެވެ. އެއްވެސް ޙާލެއްގައި އިސްލާމީ މަރުކަޒު ނަމާދު ނުކުރެވޭ ގޮތަށް ބަންދެއް ނުކުރާކަމަށް އިމާމް ވިދާޅުވިއެވެ.
އެގޮތުން އިއްޔެ އިސްލާމީ މަރުކަޒު ސަރަޙައްދު ވަކި ވަގުތަކަށް ވެހިކަލް ވަނުމާއި ޕާކުކުރުން މަނާކުރުމުގެ ސަބަބުން، އިސްލާމީ މަރުކަޒަށް ނަމާދަށް އާއްމުކޮށް އަންނަމީހުން، މަދުވިކަމަށް ޝެއިހް ވިދާޅުވިއެވެ. އެހެންއެވީ ދުރުސަރަޙައްދުގައި ޕާކުކުރަންޖެހޭތިީކަމަށް ފާހަގަކުރެއްވިއެވެ.
ކޮމެންޓް