މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތް ކުޑަކުރާކަށް ނުފެނޭ: ގާސިމް

ގާސިމް މަޖިލީހުގެ ތަޅުމުގައި

މެންބަރުންގެ އަދަދު މަދުކުރި ނަމަވެސް މެންބަރުންނަށް މިހާރު ލިބޭ ބޮޑު މުސާރަ ކުޑަކުރަން ވިޔަފާރިވެރިޔާ ގާސިމް ވަނީ ދެކޮޅު ހައްދަވައިފަ

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތް ކުޑަކުރުމަށް ނުފެންނަ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަޖިލީސް މެންބަރުންގެ އަދަދު ދައުރަކަށް ފަހު ދައުރެއް އިތުރުވަމުން އަންނަ އައުމަށް ނިމުމެއް ގެނެސް، މެންބަރުންގެ އަދަދު މަދުކުރަން މެންބަރުންގެ ހިޔާލު ހޯދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ.

މެންބަރުންގެ އަދަދު މަދުކުރި ނަމަވެސް މެންބަރުންނަށް މިހާރު ލިބޭ ބޮޑު މުސާރަ ކުޑަކުރަން ވިޔަފާރިވެރިޔާ ގާސިމް ވަނީ ދެކޮޅު ހައްދަވައިފައެވެ.

"މިއަދު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ އަދަދު ކުޑަކުރަން ވެސް ނުފެންނަ ކަމަށް، އިނާޔަތްތައް ވެސް ކުޑަކުރަން ނުފެންނަ ކަމަށް އަޅުގަނޑު ދަންނަވަން" ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުކަތެއް ކަމަށްވާއިރު، މިހާރު މެންބަރުންނަށް ލިބޭ މުސާރައާއި ޢިނާޔަތްތައް އޮތީ ޔުނިޓަރީ ދައުލަތެއްގައި އޮންނަންޖެހޭ އެންމެ ރަނގަޅު މިންވަރުގައެވެ.

މީގެ އިތުރުން ގާސިމް ފާހަގަކުރެއްވި ގޮތުގައި މަޖިލިސް މެންބަރުންނަށް 20،000 ރުފިޔާގެ އެލަވަންސެއް ލިބޭކަމަށް އޮތް ނަމަވެސް އެވަރަށް ނުލިބެއެވެ.

މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަ ކުރަން ނުފެންނަ ކަމަށް ގާސިމް ވިދާޅުވާއިރު، މެންބަރުންނަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 42،500، ލިވިންގ އެލަވަންސްގެ ގޮތުގައި 20،000 އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ހިމެނޭހެން އެކު ޖުމްލަ މަދުވެގެން 82،500 ރުފިޔާ ކޮންމެ މަހަކު ގެއަށް ގެންދަން ލިބެއެވެ. މީގެ އިތުރުންވެސް ބޭސްފަރުވާ އާއި އެހެނިހެން ވެސް އާއްމު ރައްޔިތުންނަށް ނުލިބޭ އެތަށް ފަސޭހަތަކެއް އެ މެންބަރުންނަށް ލިބެއެވެ. 

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.