ދޯންޏެއް ފަރަށް އަރައި ހާލުގައި ޖެހިފައި ތިބި 3 މީހަކު ސަލާމަތްކޮށްފި

ފަރުމަތީގައި ތިއްބާ ތިން މީހުން ސަލާމަތް ކުރަނީ / ފޮޓޯ: ފުލުހުން

ދޯންޏެއް ފަރަށް އަރައި ހާލުގައި ޖެހިފައި ތިބި ބަޔަކު ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ، މާލެ އިން ފުރައިގެން ވޭމަންޑޫއަށް ދަތުރުކުރި "އަލްމަޖްރާ" ދޯނި މ. ދިއްގަރު ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 5:34 ހާއިރު ކަމަށެވެ.

އަދި މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އަދި އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި ވ. ފެލިދޫ އަށް ގެންގޮސްފައިވާ މި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ތިބީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުންނެވެ. އަދި އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް ވެއެވެ.

ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވާއިރު އިއްޔެ ރޭ ވެސް ވަނީ ފަރަށް އެރި ދޯންޏެއްގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ ހާދިސާގައި ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއި ވަނީ ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ.ތިލަފުށްޓަށް ދަތުުރުކުރަމުންދަނިކޮށް ފަރަށް އެރި "ގުރުވަ 1" ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރީންނަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.