ކައުންސިލްތަކަށް ފަޅުރަށް ލިބޭނެ ގޮތް ހަމަޖެހުނީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުން: އާދަމް ޝަރީފު ޢުމަރު

ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރުމަށް ފިނޭންސް މިނިސްޓްރީއާއި، ސިޓީސް މިނިސްޓްރީ ގުޅިގެން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު

ކައުންސިލްތަކަށް ފަޅުރަށް ލިބޭނެ ގޮތް ހަމަޖެހުނީ ރައީސުލްޖުމްހޫރިއްޔާގެ ބުރަ މަސައްކަތުންނެވެ.

ކައުންސިލްތަކަށް ފަޅުރަށް ލިބޭނެ ގޮތް ހަމަޖެހިގެން ދިޔައީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވެވި މިންނަތް މަސައްކަތްޕުޅުތަކެއްގެ ސަބަބުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީއާއި ސިޓީސް މިނިސްޓްރީ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ޕްރޮޕޯސަލް ހުށަހަޅުއްވައި ފަޅުރަށް ހޯއްދެވި މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލަށާއި، ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަށާއި އަދި ހައްދުންމަތީ މާވަށު ކައުންސިލަށް މަރުޙަބާ ދަންނަވާފައެވެ.

"ފަޅުރަށް ލިބުނު ކައުންސިލްތަކުން އެ ކައުންސިލްތަކާ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި، އެ ރަށްރަށުގެ ބޭނުން ހިފުމަކީ، ސަރުކާރުގެ ފަރާތުން ކުރާ ވަރަށް ބޮޑު އިލްތިމާސެއް،" ވަޒީރު ވިދާޅުވިއެވެ.

ފަޅުރަށް ޙަވާލުކުރުމުގެ މަސައްކަތް ކުރެވިފައިވަނީ ރައީސް އޮފީހާއި، ފިނޭންސް މިނިސްޓްރީއާއި، ކުރީގެ ހައުސިންގ މިނިސްޓްރީއާއި އަދި ސިޓީސް މިނިސްޓްރީ ގުޅިގެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި ބައިވެރިވި އެންމެހާ މުވައްޒަފުންނަށާއި ކޮމެޓީގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރެވިގެން ދިޔުމަކީ ލާމަރުކަޒީ ނިޒާމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް 5 ރަށެއް ހޯދުމަށް 3 ކައުންސިލަކުން ވުޒާރާއަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.