އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުއިން ބްރިގޭޑް ކޯހެއް ހިންގައިފި

ފަޔާރ އެންޑް ރެސްކިއޫ

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ސަމަރ އައިލެންޑް މޯލްޑިވްސް އަދި އެނބޫދޫ ވިލެޖް ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލު (އެފްއާރްޓީއެސް) ގައި ހިންގި މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ޖުލައި 22 އިން އޮގަސްޓް 1 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި ދެ ރިސޯޓުން ޖުމްލަ 16 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކޯހުގައި ބައިވެރިންނަށް އުނގަންނައިދީފައިވާ މުހިންމު ބައިތަކުގެ ތެރޭގައި ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގްއިޝަރސް، އިންސިޑެންޓް މެނޭޖްމަންޓް ސިސްޓަމް، ޕޯޓަބަލް ފަޔަރ ޕަމްޕް އަދި ފަޔަރ ރޯޕްސް އެންޑް ނޮޓްސް ހިމެނެއެވެ. މީގެއިތުރުން ފަޔަރ ޑިޓެކްޝަން އެންޑް އެލަރމް ސިސްޓަމްސް، ފަޔަރ ސްޓްރީމް، ފަޔަރ ހޯސް އަދި ފަޔަރ ފައިޓަރ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ބޭނުންކުރާނެ ގޮތްވެސް ދަސްކޮށްދީފައިވެއެވެ.

މި ކޯހުގެ ކްލާސްތައް ނަގައިދީފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ތަޖުރިބާކާރު ފަޔަރފައިޓަރުންނެވެ. މި ފަދަ ކޯސްތައް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަލިފާނުގެ ހާދިސާތަކާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދީ، އެފަދަ ހާދިސާތަކުގައި ޢަމަލުކުރާނެ ގޮތުގެ ހުނަރު ދަސްކޮށްދިނުމެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.