މާލެގައި ވަޅި ހިފައިގެން އުޅުނު 2 މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ޓީމެއް މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަނީ / ފައިލް ފޮޓޯ: ފުލުހުން

މާލެ މަގުމަތީގައި ކަނޑިއާއި ވަޅި ހިފައިގެން އުޅުނު 2 މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 33 އަހަރުގެ އަދި 21 އަހަރުގެ ޒުވާނެކެވެ.

މި 2 މީހުން ހައްޔަރު ކޮށްފައި ވަނީ އާންމު ތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގެ ތުހުމަތުގައެވެ. އަދި މި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ މި 2 މީހުންގެ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި 33 އަހަރުގެ މީހާގެ އަތުން ކަނޑިއަކާއި ވަޅިއެއް ފެނިފައިވެއެވެ. އަދި އޭނާ ހުރި ދިމާ ބިންމައްޗަށް ވައްޓާލި "ސާޖިކަލް ނައިފް"އެއް ވެސް ފެނިފައިވާ ކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓުން އެނގޭކަން ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވެއެވެ.

އެތަކެތި ގެންގުޅެން ޖެހޭ އެކަށީގެންވާ ސަބަބެއް އޭނާއަށް ބުނެދެވިފައި ނުވާކަން ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައި ވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި 21 އަހަރުގެ މީހާގެ ބައިވެރިވުން އެކަމުގައި ނެތް ކަމަށް ބުނެފައިވާ ކަމަށާއި 33 އަހަރުގެ މީހާ ކައިރީ ހުރީ އޭނާއަށް އަލިކޮށްދޭން ބުނުމުން ކަމަށް 21 އަހަރުގެ މީހާ ބުނެފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.