ގުރުވަ ދޯނި
މި ހާދިސާ ހިނގާފައިވަނީ އޮގަސްޓް 1 ވަނަ ދުވަހުގެ ރޭ 23:24 ހާއިރުގައެވެ. ދޯނީގައި ދަތުރުކުރަމުން ދިޔައީ އެއް ދިވެއްސަކާއި ދެ ބިދޭސީންނެވެ.
ހއ. އަތޮޅުގައި ހުންނަ މަނަފަރު ރިޒޯޓުން ކުނި އުފުލައިގެން ކ. ތިލަފުށްޓަށް ދަތުރުކުރަމުންދިޔަ "ގުރުވަ 1" ނަމަކަށް ކިޔާ ދޯނި ނ. ކުޑަރަށް ކައިރިން ފަރަށް އެރުމުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފްގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި، ހާދިސާގެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި ދޯނީގައި ތިބި ތިން ފަޅުވެރިން ވަނީ ހާބަރކްރާފްޓަށް ނަގާފައެވެ.
ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ފަޅުވެރިން މިއަދު ހެނދުނު 08:45 ހާއިރު ވަނީ ނ. ހޮޅުދޫއަށް ރައްކާތެރިކަމާއެކު ގެންގޮސްދީފައެވެ. އެމްއެންޑީއެފްގެ ފަރާތުން ބުނީ ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށެ
ވެ.
ކޮމެންޓް