އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން މަސައްކަތްކުރަމުންދާކަމަށް ޔައިޝް ވިދާޅުވެއްޖެ

މުހައްމަދު ޔައިޝް

އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން މަސައްކަތްކުރަމުންދާކަމަށް މުހައްމަދު ޔައިޝް ވިދާޅުވެއްޖެއެވެ.

އައު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާ މެދު ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މި އެއަރޕޯޓުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގިނަގުނަ ފައިދާތަކެއް ހެންވޭރު ހުޅަނގު ދާއިރާގެ ސްޓޭރިންގް ކޮމިޓީގެ ނައިބު ރައީސް މުހައްމަދު ޔައިޝް ފާހަގަކުރައްވައިފިއެވެ.

ޔައިޝް އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އައު އެއަރޕޯޓުގެ ސަބަބުން އިތުރު 7.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވި، ޓޫރިޒަމް ދާއިރާ ފުޅާވެ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، ޓްރާންސިޓް ހަބަކަށްވުމުގެ ފުރުސަތާއެކު، އިޤްތިޞާދީ ކުރިއެރުމާއި، އިތުރު އިންވެސްޓްމަންޓްތަކަށް މަގުފަހިވެ، ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

"އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން މަސައްކަތްކުރަމުންދޭ. ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ޒުވާން ޖީލުގެ ޒިންމާއެއް،" ޔައިޝް މިނެޓްސްއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ ދުރުވިސްނުންފުޅަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އައު ޓަރމިނަލްގެ ޚާއްޞަ ކަމެއްގެ ގޮތުގައި ޔައިޝް ފާހަގަކުރެއްވީ، ފަސް ވަގުތު ނަމާދުގެ ބަންގީގެ އަޑު އިވޭނެ ގޮތަށް ހަމަޖެހިފައިވާކަމެވެ. "މިއީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދޭ އެއަރޕޯޓެއްގައި ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދުނިޔެއަށް ދައްކުވައިދޭ ރަމްޒީ ނިޝާނެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.