ރައީސް އާއި އެމަނިކުފާނުގެ އާއިލާއިން ސިހުރުގެ މައްސަލައެއް ފުލުހުންނަށް ހުށަނާޅާ: ހީނާ

ހީނާ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި

ދިވެހި ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެއް ނުވާނޭ ކަމަށް ހީނާ ވިދާޅުވި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އާއިލާއިން ސިހުރުގެ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީގު ވިދާޅުވެއްޖެއެވެ.

ސިހުރު ހެދުމުގެ މައްސަލައެއްގައި އެންވައިރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ އާއި އޭނާގެ ކޮއްކޮ އާއެކު އިތުރު މީހަކުވެސް ހައްޔަރުކޮށްފައިވެއެވެ.

އެކްސްގައި ހީނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިން މީހަކު ބައިވެރިވެގެން ދިވެހި ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެއް ނުވާނޭ ކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށެވެ.

ޝަމްނާޒް އާއި އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތަށް މިއަދުވަނީ އިތުރު 7 ދުވަސް ޖަހާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.