(އަންމަޑޭ)، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު (ހޫބްޒް)
އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ރާއްޖޭގެ ސީނިއާ ސްކޮޑު އިއުލާންކޮށްފިއެވެ.
ހަތަރު ވަނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރުމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ވަނީ ސީނިއާ ސްކޮޑު އިއުލާންކޮށްފައެވެ. މި ސްކޮޑުގައި ހިމެނެނީ އަހުމަދު އާގިލް (އަންމަޑޭ)، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު (ހޫބްޒް) އެވެ.
މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޓެމިލްނާޑޫގައެވެ. މިއީ ފާއިތުވި ދެ އަހަރު ކ. ތުލުސްދޫގައި ބޭއްވުނު މުބާރާތް، މިއަހަރު އެހެން ގައުމަކަށް ބަދަލުވެގެންދިއުމެވެ.
ސީނިއާ ޓީމުގެ ކޮލިފިކޭޝަންސް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ އިރު، ފައިނަލް ހީޓުގައި އަންމަޑޭ 11.50 ޕޮއިންޓާއެކު އެއްވަނަ ހޯދިއެވެ. ދެވަނައަށް ދިޔަ ސްމައިލީއަށް 8 ޕޮއިންޓް ލިބުނުއިރު، ހޫބްޒްއަށް 7.16 ޕޮއިންޓް ލިބުނެވެ.
އެމްއެސްއޭ އިން ވަނީ ޖޫނިއާ ސްކޮޑުވެސް އިއުލާންކޮށްފައެވެ. އެގޮތުން ޖޫނިއާ ސްކޮޑުގައި ހިމެނެނީ ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ.
ރާއްޖޭގެ ސާފިން ޓީމުގެ ކޯޗަކީ ފިރިހެން އޯޕަން ބައިން ދެ ފަހަރު ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދީފައިވާ ހުސެއިން އަރީފް (އިބޫ) އެވެ. ފާއިތުވި ދެ އަހަރުވެސް ރާއްޖެއިން ވަނީ ޓީމް އިވެންޓުން ބްރޯންޒް މެޑަލް ހޯދާފައެވެ.
ކޮމެންޓް