މެޑިޓެރޭނިއަން އިޤްތިޞާދީ ޖަމްޢިއްޔާގެ އިސްވެރިންނާއެކު މުޙައްމަދު ނަޝީދު ބައްދަލުކުރައްވައިފި

މެޑިޓެރޭނިއަން އިޤްތިޞާދީ ޖަމްޢިއްޔާގެ އިސްވެރިންނާއެކު މުޙައްމަދު ނަޝީދު

ޔޫރޯ-މެޑިޓެރޭނިއަން އިކޮނޮމިސްޓްސް އެސޯސިއޭޝަން (އީއެމްއީއޭ) ގެ ރައީސް މިސް ރިމް އަޔާދީ އަދި އެ ޖަމްޢިއްޔާގެ ބާނީންގެ ތެރެއިން އެކަކު ކަމުގައިވާ ޖޯއާއޯ ގާސިއާ އާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

ސްޕެއިންގައި މައި އޮފީސް ޤާއިމްކޮށްފައިވާ އީއެމްއީއޭ އާއެކު ބޭއްވުނު މި ބައްދަލުވުމުގައި، ކުދި ޖަޒީރާ ޤައުމުތަކާއި މެޑިޓެރޭނިއަން ކަނޑާ އިންވެގެންވާ ޤައުމުތަކުގެ މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލްކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

1000002789.jpg

އީއެމްއީއޭ އަކީ މެޑިޓެރޭނިއަން ސަރަޙައްދުގެ އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން މޫސުމީ ބަދަލުތަކާ ގުޅުންހުރި ދިރާސާތަކާއި މަޝްރޫޢުތައް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރަމުން ގެންދެއެވެ.

އަދި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.