އެމްޕީއެލްގެ އީދުއުފާ ސްޓޯލްގައި ދިވެހި ވާހަކަތައް އައު ސިފައެއްގައި

އެމްޕީއެލްގެ އީދުއުފާ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "ޢީދު ހަވީރު 2025" ގެ ހަރަކާތްތަކުގެ ތެރޭގައި ދިވެހި ވާހަކަތައް އައު އަދި ޒަމާނީ ގޮތަކަށް ހުށަހެޅުމަށް ވަނީ ރޭވިފައެވެ.

މި ހަރަކާތްތައް ކުރިއަށްދަނީ ޖޫން 6 އިން 8 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށެވެ.

ހަރަކާތުގެ ފުރަތަމަ ދުވަހު ބޭއްވުނު ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަ ކުރެވިގެން ތަފާތު ކާޓޫން ކެރެކްޓަރުތަކާއެކު މަޖާ ގޭމްތައް ކުޅުމުގެ ފުރުސަތު ވަނީ ހޯދައިދީފައެވެ. ދިވެހި ވާހަކަތައް މޮޑަން އަދި ޖާދޫއީ ގޮތަކަށް ހުށަހަޅައިދިނުމުގެ ސަބަބުން ކުޑަކުދިންގެ ހިތްތަކުގައި އުފާވެރިކަން ވަނީ އުފައްދާފައެވެ.

1000002697.jpg

މި ހަރަކާތުގައި ދިވެހި ވާހަކަތަކުގެ ކެރެކްޓަރުތައް އައު ސިފައެއްގައި ތަމްސީލުކޮށްދިނުމާއެކު، އިންޓަރެކްޓިވް ގޭމްތަކާއި ހަރަކާތްތަކުގެ ސަބަބުން ޕާކުގައި ޢީދުގެ އުފާވެރިކަން ވަނީ ފެތުރިފައެވެ.

"މިއީ މިހާތަނަށް ނުދެކޭވަރުގެ ތަފާތު ޢީދު ހަވީރެއް. ހިތުގައި ލޯބި އުފައްދައި، ޖާދޫއީ ކަމެއް ގެނެސްދޭ ހަވީރެއް،" މި ހަރަކާތް އިންތިޒާމުކުރި ފަރާތުން މިފަދައިން ބުންޏެވެ.

މި ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށްވާއިރު، ކުރިއަށް އޮތް ދެ ދުވަހުގައިވެސް ހަވީރު 4:00 އިން 6:00 އަށް މި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.