ށ. ފުނަދޫ އެއާޕޯޓް / ފޮޓޯ: ފުނަދޫ ޓައިމްސް
ޓެކްނިކަލް މައްސަލައެއް ދިމާވެ، ށ.ފުނަދޫ އެއާޕޯޓް ބަންދުކޮށްފިއެވެ.
މޯލްޑިވިއަން އިން މިއަދު މީޑިޔާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ދިމާވެ، ފުނަދޫ އެއާޕޯޓް ބަންދުކޮށްފައިވާތީ މިއަދު އެއެއާލައިންގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ނުކުރެވޭނެ ކަމަށެވެ.
މިކަމުގެ ސަބަބުން ދަތުރުތަކަށް އަސަރުކުރި ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ފަސިންޖަރުންނާއި މުއާމަލާތް ކުރާނެ ކަމަށް ވެސް މޯލްޑިވިއަނުން ވިދާޅުވެއެވެ.
ށ. ފުނަދޫ އެއާޕޯޓު ހުޅުވީ 2020 ވަނަ އަހަރު އެވެ. ރީޖަނަލް އެއާޕޯޓްސް އިން ހިންގާ އެ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.
ކޮމެންޓް