އެމްޕީއެލްއިން އޯއެޗްއެސް ރިސްކް މެނޭޖްމަންޓް ތަމްރީން ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފި

އެމްޕީއެލްގެ މުވައްޒަފުން : ފޮޓޯ އެމްޕީއެލް

މާލޭ ކޮމާޝަލް ހާބަރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ނުރައްކާތެރި ހާލަތްތައް ދެނެގަތުމާއި އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ (އޯއެޗްއެސް) ރިސްކް މެނޭޖްމަންޓް ތަމްރީން ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި އަހަރުގެ މޭ 19 އިން 22 އަށް ހިންގުނު އިންޑަކްޝަން ސެޝަންތަކެއްގެ ތެރެއިން، އޮޕަރޭޝަންސް ޝިފްޓްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދެވުނު މި ތަމްރީން ޕްރޮގްރާމަކީ އެ ސެޝަންތަކުގެ ޢަމަލީ މަރުހަލާއެވެ.

1000002315.jpg

ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓުގެ ފަރާތުން ކުރިއަށްގެންދެވުނު މި ތަމްރީން ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތައް ދެނެގަތުމާއި، އެފަދا ހާދިސާތައް ހިނގުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބުތަކާއި، އެކަންކަމަށް މަގުފަހިވާ ކަންކަން ދެނެގަތުމަށް އަމާޒުކޮށް ތަމްރީންތައް ދެވުނެވެ.

މި ތަމްރީން ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންނަށް ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މިފަދا ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަކީ މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަމުގެ ސަގާފަތެއް އަށަގެންނެވުމަށާއި، ހޭލުންތެރިކަން އިތުރުކުރުމަށް އަދި ހުރިހާ އޮޕަރޭޝަންތަކެއްގައިވެސް ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.