ހިންނަވަރުގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ހިންގަން ނިންމައިފި

ޅ.ހިންނަވަރު

ބަކްމޭން ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އާއި ހިންނަވަރު ކައުންސިލް ގުޅިގެން އެރަށުގައި ދަނޑުވެރިކަމާ ގުޅޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމަކީ ދަނޑުވެރިންނާއި، ފެނުގައި ގަސް ހެއްދުމަށް ޝައުޤުވެރިވާ ފަރާތްތަކަށާއި، ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.

14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހައިޑްރޮޕޯނިކްސް އަދި ވާޓިކަލް އެންޑް ކޮންޓެއިނަރ ގާރޑިނިންގ ފަދަ ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް ދަސްކޮށްދެވޭނެއެވެ. ޕްރޮގްރާމް ކުރިއަށް ގެންދަވާނީ ސްރީލަންކާއިން ވަޑައިގަންނަވާ ޕްރޮފެސަރެކެވެ.

މި ޕްރޮގްރާމުގެ ފީއަކީ 2000 ރުފިޔާ ކަމަށްވާއިރު، ބައިވެރިންނަށް މި ފީ ދެ ބަޔަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން ކޯސް ފެށުމުގެ ކުރިން 1000 ރުފިޔާ އަދި ކޯސް ނިމުމުން 1000 ރުފިޔާ ދެއްކޭނެއެވެ. އަދި ޕްރޮގްރާމްގެ ބައިވެރިންނަށް ބޭނުންވާ އެންމެހާ ތަކެތި ކޯސް ހިންގާ ފަރާތުން ފޯރުކޮށްދޭނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖޫން 4 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ގޫގަލް ފޯމް މެދުވެރިކޮށް ނަން ނޯޓުކުރަން ޖެހޭނެއެވެ. މި ޕްރޮގްރާމަކީ ރަށުގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ޒަމާނީ ދަނޑުވެރިކަމުގެ ހުނަރުތައް ރައްޔިތުންނަށް ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.

ބައިވެރިވުމުގެ ލިންކް: https://forms.gle/u47KhCD3RoBXKfPg6

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.