ޖައްވީ އުޅަނދު އިންޑޮނީޝިއާ ކައިރިއަށް ވެއްޓިއްޖެ

ޖައްވީ އުޅަނދު

ޖައްވުގައި 53 އަހަރު ތާށިވެފައި އޮތުމަށްފަހު، ވީނަސްއަށް ޖެއްސުމަށް ފަރުމާކޮށްފައިވާ ސޯވިއެޓް ޖައްވީ އުޅަނދު ކޮސްމޮސް 482 އިންޑިއާ ކަނޑަށް ވެއްޓިއްޖެއެވެ.

މި އުޅަނދުގެ ހަރަކާތްތައް ސައިންސްވެރިން ވަރަށް ކައިރިން ބަލަމުން އައިސްފައިވާއިރު، އެންމެ ފުރަތަމަ އުޅަނދު ވެއްޓި ދާނެކަމަށް ލާފާކުރި ސަރަހައްދުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދަކަށް އުޅަނދު ވެއްޓިދާނެކަމުގެ ބިރު ހީވެފައިވާއިރު ސައިންސްވެރިން އެންމެ ފުރަތަމަ ބުނެފައިވަނީ މި އުޅަނދު ވެއްޓޭނީ މިއަދު ރާއްޖެ ގަޑިން 7 އަދި 8 ކާއި ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އެހެންނަމަވެސް ބޭރުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ވަނީ މި އުޅަނދު އެ ގަޑިއަށްވުރެ ކުރިން އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގެ ހުޅަނގުން އިންޑިއާ ކަނޑަށް ވެއްޓިފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

ރަޝީއާގެ ސްޕޭސް އެޖެންސީ އާއި ހަވާލާދީ ނޫސްތަކުން ވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން އަދި ކަށަވަރުވެފައި ނުވާކަމަށް ބުނެފައެވެ. އަދި މި ހާދިސާގެ ސަބަބުން ދިމާވެދާނެ ގުދުރަތީ ކާރިސާއެއްގެ އެއްވެސް ރިޕޯޓެއްވެސް އަދި ލިބިފައިނުވާކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

1972 ވަނަ އަހަރު ލޯންޗުކުރި ކޮސްމޮސް 482 އަކީ ވީނަސް އިން ޑޭޓާ އެއްކުރުމަށް ސޯވިއެޓް ޔޫނިއަންގެ ވެނެރާ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.