ބެލީ ރައީސް ޔާމީނަށް ރީތި ނަމެއް ހޯދައިދޭން : ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް އޮތް ނުފޫޒުގެ ތުހުމަތާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. ހާއްސަކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލައާއި އެކު، އެ އަޑުތައް ވަނީ ގަދަވެފަ އެވެ.

ދެ ގަޑިއިރުގެ ބޮޑު ޕްރެޒެންޓޭޝަނަކަށް ފަހު ހުޅުވާލި ފުރުސަތުގައި ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް ވިދާޅުވީ އެމަނިކުފާނު އައްޔަނު ކުރާ ބަޔަކު މަގާމެއްގައި ހުރުމަކީ އެއީ ނުފޫޒު ފޯރުވާނެކަމަށް ދެކެންވާ ސަބަބެއް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ މަގާމުތަކަށް ކޮންމެ ބޭފުޅަކު ވެސް އައްޔަނުކޮށް، ދޭ ޒިންމާއަކީ ރަނގަޅަށް މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުން ކަމަށެވެ. ރައީސް ވިދާޅުވީ މިއަދާއި ހަމައަށް ވެސް އެމަނިކުފާނު މިނިވަން މުވައްސަސާއަށް އައްޔަނު ކުރި ބޭފުޅެއް ނުވަތަ ޖުޑިޝަރީއަށް އައްޔަނު ކުރި މީހެއް މެދުވެރިކޮށް ފޯރުވި ނުފޫޒެއް ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހަފްތާގައި ކުރިޔަށް ގެންދިޔަކަން އެނގިވަޑައިގަތީ ނޫސް ރިޕޯޓުތަކުން ކަމަށެވެ.

ޖުޑިޝަރީއަށް ނުފޫޒެއް ނެތްކަމަށް ތަކުރާރު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މިނިވަންވެފައި ހުރީ ވެސް އެފަދަ އެއްވެސް ހާލަތެއް ނެތުމުން ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންވެފައި ވަނީ ސިޔާސީ ހުކުމަކުންކަމުގައި ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު، މިނިސްޓަރެއްގެ ގޮތުގައި ވެސް އޭރު މަސައްކަތް ކުރަމުން އައީ އިހުލާސްތެރިކަމާއި އެކު ކަމަށެވެ. އަދި އޭގެ ފަހުން މާލޭގެ މޭޔަރުކަމަށް ވަޑައިގެން ވެސް ބެއްލެވީ ރައީސް ޔާމީން ފަހުރުވެރިވާނެ މަސައްކަތެއް ކުރެވޭތޯ ނަމަވެސް އެމަނިކުފާނުގެ ވިސްނުމާއި ފިކުރާއި ހިޔާލު ބަދަލުވެފައިވުމަކީ ހިތާމައެއްކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.