ޖުލައި 26 ގެ ކުޅިވަރުތަށް ނުބާއްވާ ގޮތަށް ހަމަޖައްސައިފި

ރައީސް ޑރ. މުޢިއްޒު ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ދައުލަތުގެ ހަރަދުތަށް ކުޑަކުރުމަށް މިނިވަން ދުވަހުގެ ކުޅިވަރު، ފުޅަނދުބުރު އަދި ރިސެޕްޝަން ނުބޭއްވުމަށް ނިންމަވައިފި

ދައުލަތުގެ ހަރަދުތަށް ކުޑަކުރުމަށް މިނިވަން ދުވަހުގެ ކުޅިވަރު، ފުޅަނދުބުރު އަދި ރިސެޕްޝަން ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު މިކަން ހާމުކުރައްވާފައިވަނީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުޢިއްޒު މިގޮތަށް މިކަން ނިންމަވާފައިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އެޅި ދިޔަވަޅުތަކެއްގެ ތެރޭގައެވެ. އެގޮތުން ސަރުކާރުގެ ރިކަރަންޓް ހަރަދުތަށް ކުޑަކުރުމަށް އެކި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދު ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް ހާމަކުރައްވާފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ، ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ. މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށާއި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އެކި ފިޔަވަޅުތަށް އަޅާނެ ކަމަށް ވަނީ ކުރިންވެސް ހާމަކޮށްފައެވެ. ސަރުކާރުގެ ހަރަދުތަށް ބޮޑު ކަމަށާއި ހަރަދުތަށް ކުޑަ ކުރަންޖެހޭކަމަށް މީސް މީޑިއާގައި ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.