ރޮނާލްޑޯ އަނެއްކާވެސް ބޮޑާ ހާކައިފި

ރޮނާލްޑޯ އަނެއްކާވެސް ބޮޑާ ހާކައިފި

ޔޫރޯގައި މުޅިން އަލަށް ވާދަކުރާ ޖޯޖިއާ އަތުން ބަލިވި މެޗުގައި، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލު ކުރުމުން، ރުޅި އައިސް ބޮޑާ ހާކައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބުދަ ދުވަހުގެ ރޭ ޕޯޗުގަލް ދެ ލަނޑު ސުން ލަނޑުން ޖޯޖިއާ އަތުން ބަލިވި މެޗުގައި ވަކި ހިސާބަކުން ރޮނާލްޑޯ ބޭލީއެވެ. ތިން މެޗުގައިވެސް ފަށައިގެން ކުޅުނު ރޮނާލްޑޯ ޖޯޖިއާ މެޗުގައި ބޭލިއިރު، ތިން މެޗުން ކުރެ މެޗެއްގައި ރޮނާލްޑޯއަކަށް ލަނޑެއް ނުޖެހެއެވެ. އެހެންނަމަވެސް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ޕޯޗިގަލްވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

ރޭގެ މެޗުގެ ހަމަ ފެށުނުތަނާހެން ޖޯޖިއާ އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ ދެ ވަނަ މިނެޓުގައި ޖޯޖިއާ އަށް މި ގޯލު ޖަހާދިނީ ކްވިޗާ ކްރަވަޝްކޭލިލާ އެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޖޯޖިއާގެ ދެވަނަ ލަނޑު ޖެހީ ޕެނަލްޓީއަކުން ޖޯޖެސް މިކައުޓްޒޭ އެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ލަނޑު ޖެހި މިކައުޓްޒޭ އަކީ މި ފަހަރުގެ ޔޫރޯގެ އަދި ޓޮޕް ސްކޯރާ އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ބަދަލު ކުރުމުގެ ކުރިން، ރޮނާލްޑޯގެ ޖޯޒީގައި ހިފެހެއްޓުމުން ޕެނަލްޓީ ނުދޭތީ އޭނާ އެޕީލްކުރުމުން ރީނދޫ ކާޑު ދައްކައިފައިވެއެވެ.

ގްރޫޕް އެފްގެ އެއް ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދިޔައީ ޕޯޗުގަލްއެވެ. އަދި ދެ ވަނަ ޓީމުގެ ގޮތުގައި ތުރުކީ ދިޔައިރު، ތިން ވަނަ ޓީމުގެ ގޮތުގައި ޖޯޖިއާ ދެ ވަނަ ބުރުން ޖާގަ ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.