ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 457 ފުޅި ބަނގުރާ ނައްތާލައިފި

ބަނގުރާ ފުޅިތައް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 457 ފުޅި ބަނގުރާ ނައްތާލައިފިއެވެ

ފުލުހުން ބުނީ ބަނގުރާ ނައްތާލައިފައި ވަނީ އިއްޔެ ދޫނިދޫގައި ކަމަށާއި، ނައްތާލި ބަނގުރަލުގެ ތެރޭގައި ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރަލާއި ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގެ ބަނގުރާ ހިމެނޭ ކަމަށެވެ.

އަދި ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކާ ގުޅޭ ބަނގުރާ ވެސް އިއްޔެ ނައްތާލައި ފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ނައްތާލައިފައި ވަނީ:

•457 ބްރޭންޑެޑް ފުޅި

•490 ޕެޓް ފުޅި

•282 ދަޅު ބިޔަރު

އެހެނިހެން ތަކެތީގެ ގޮތުގައި 3 އައިޓަމް

ފުލުހުން ބުނީ މި ތަކެތި ނައްތާލައިފައި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ބަނގުރާގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުމުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މި ވަބާގައި ބޮޑެތި މީހުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންވެސް ޖެހެމުން ދާއިރު ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅޭ 486 މައްސަލައެއް ފުލުހުންނަށް ވަނީ ރި

ޕޯޓު ކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.