ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ އޮޑިޓުން ފާހަގަވި މައްސަލަތައް ފުލުހަށް

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކޮށްފައިވާ ސަރަހައްދެއް/

ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ އޮޑިޓެއް ހަދައި ފާހަގަވި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅައިފިއެވެ.

އެޗްޑީސީއިން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު އެއްބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅަމުންދާ ކަމަށެވެ.

އެޗްޑީސީގެ ސަމާލުކަމަށް އެކަން އައުމާއެކު، އެކަން އިތުރަށް ބަލައި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެޗްޑީއިން ވަނީ ބުނެފައެވެ.

އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ބިންތަކާއި ގުޅޭގޮތުން ހާއްސަ އޮޑިޓެއްކޮށް، އެ އޮޑިޓުން ބިންވެރިޔާ ސްކީމާ ގުޅޭ އެފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތަށް އެޗްޑީސީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނީ ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ކަންކަން ބަލައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނަޒާހަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށް ދިނުމަށް ކަމަށް އެޗްޑީސީއިން ބުނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.