މާލޭ ހުކުރު މިސްކިތުގެ ގަބުރުސްތާނު ސާފުކޮށް، ވެލިލުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދަނީ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ޖަމާއަތްތެރިންނަށް ދެމުންއައި "ގަބުރުސްތާން އެލަވަންސް" އުނި ކުރުމުން އެ އެލަވަންސް ސިޓީ ކައުންސިލްގެ ބަޖެޓުން ދޭން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ދަށުގައި ތިބި ޖަމާއަތްތެރިންނަށް އެ ތަނުގެ ބަޖެޓުން އެ ފައިސާ ދޭން ހުށަހެޅީ މޭޔަރު އާދަމް އާޒިމް އިއްޔެ އޮތް ކައުންސިލްގެ 4 ވަނަ ދައުރުގެ 187 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.
ޖަލްސާއަށް މިކަން ހުށަހަޅައިދެއްވާއި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔާ އާދަމް އާޒިމް ވިދާޅުވީ، ޖަމާއަތްތެރިންނަކީ މުހިންމު އަދި މާތް މަސައްކަތް ތަކެއްކުރާ ބައެއް ކަމަށާއި ކުއްލިއަކަށް ވަކި ސަބަބެއް ބަޔާން ކުރެއްވުމެއް ނެތި، ޖަމާއަތްތެރިންގެ އެލަވަންސް ކާޑާލުމަކީ އެއް ވެސް އިންސާފުވެރިކަމެއް ނެތި ކުރައްވާފައިވާ ކަމެއްކަމަށެވެ.
އެހެންކަމުން ޖަމާއަތްތެރިންގެ މުސާރައިން އުނިކުރި 1500 ރުފިޔާ ދެމުން ދެން ދާނީ ކައުންސިލްގެ ބަޖެޓުން ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ކޮމެންޓް