މެމްބަރު އިބްރާހީމް މުޙައްމަދު
ސަރުކާރުގެ މަޤާމެއްގައި ހުރުމަކީ ފްލެޓު ނުލިބޭންޖެހޭ ސަބަބެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހީމް މުޙައްމަދު ވިދާޅުވީ ފްލެޓް ލިސްޓު ދޫކުރާ އުސޫލުތަކާއި މާކްސް ޝީޓުތަކަކީ އެމްޑީޕީގެ ސަރުކާރުގައި އެމްޑީޕީން އެކުލަވާލާފައިވާ އުސޫލުތަކެއް ކަމަށާއި އެ އުސޫލުތަކަކީ އަލަށް މި ސަރުކާރުން އުފެއްދި އުސޫލުތަކެއް ނޫން ކަމަށެވެ.
މެންބަރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަން ނިމެން ކައިރިވެފައިވަނިކޮށް 4000 ފްލެޓަށް އިއުލާނު ކުރުމުން އެތައް ބަޔަކު ކުރިމަތިލިއެވެ. އަދި 4000 މީހުންނަށް ފްލެޓު ލިބޭކަމަށް ކަނޑައެޅުމުން ނުލިބޭ އެތައް ބަޔަކުވެސް ތިބޭނެ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.
މެންބަރު ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުން ޝާއިއުކޮށްފައިވަނީ ކުރީގެ ސަރުކާރުގެ މިންގަނޑާއި އުސޫލުގެ ދަށުން އެކުލަވާލި ލިސްޓެއްކަމަށާއި އެމްޑީޕީގެ މެމްބަރުންނަށް އޭގައި ހެޔޮގޮތެއް ނެތްކަމަށެވެ. މީގެ މިސާލެއްގެ ގޮތުން މިނިސްޓަރު ޢަލީ ހައިދަރަށް ފްލެޓު ލިބިވަޑައިގެން އެންމެ ފަހުން ފްލެޓު ދޫކޮށްލެއްވިކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ތެރޭގައި ހުންނަ މީހަކަށްވެސް ދިވެހި ރައްޔިތަކަށް ލިބެންޖެހޭ ޙައްޤުތައް ލިބެންވާނެކަމަށް މެމްބަރު ވިދާޅުވިއެވެ.
ކޮމެންޓް