މޫސުން ގޯސްވުމުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އެދިއްޖެ

ވެމްކޯ

އެއްވެސް ގެއަކުން މަގުމަށްޗަށް ނުވަތަ އާންމު ސަރަޙައްދުތަކަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން އިލްތިމާސްކުރައްވައިފިއެވެ.

ވެމްކޯއިން ވިދާޅުވީ މޫސުން ގޯސް ވިއްސާރަ ދުވަސްވަރަކަށްނަމަވެސް މެދުކެނޑުމެއްނެތި އެކުންފުނިން ޚިދުމަތް ފޯރުކޮށްދިނުމަށް މަަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ އުކާލާ ކުނި މަގުމަށްޗަށް ނުވަތަ އާންމު ސަރަޙައްދުތަކަށް ނުނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެހެންކަމުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރިކަން ފާހަގަކުރެއްވިއްޖެނަމަ ނުވަތަ ޚިދުމަތް ނުލިބޭނަމަ ވެމްކޯގެ ހޮޓްލައިން ނަންބަރު 1666އަށް ގުޅައި އެ މަޢުލޫމާތު ދިނުމަށް ވެމްކޯއިން އެދިވަޑައިގަންނަވައެވެ.

ވެމްކޯއިން ވަނީ ރޯދަމަހު ކުނި ނަގާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރަމަޟާންމަހު މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 08:30 އިން ދަންވަރު 02:30 އަށެވެ. ހުޅުމާލޭގައި ރަމަޟާން މަހު ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 09:00 އިން ދަންވަރު 01:00 އާ ހަމައަށެވެ. އަދި ވިލިމާލޭގައި ޚިދުމަތް ދޭނީ ރޭގަނޑު 09:30 އިން ދަންވަރު 01:30 އަށެވެ. ވެމްކޯއިން ވަނީ ގަޑިތަކަށް މި ގެންނަ ބަދަލުތަކަށް އާއްމުން ސަމާލުވުމަށް އެދިފައެވެ.

ވެމްކޯއިން ވަނީ ކުނި ނެރުމުގައިވެސް ބިއްލޫރި ނުވަތަ ތޫނު އެއްޗެއް އުކާލާނާމަ އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދު ކޮށްފައި ވަކިން ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.

ވެމްކޯއިން މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ މޫސުން ގޯސް ވިއްސާރަވުމުގެ ސަބަބުން މަގުތަކުގެ ޢާންމު ސާފުތާހިރުކަން ގެއްލިދާނެތީއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.