ލިވަޕޫލުން އެއްވަނާގައި ހަމަޖެހިލައިފި

ލިވަޕޫލް

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ މެންޗެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ.

ރޭ ސިޓީ ދަނޑުގައި ލިވަޕޫލުން ވަނީ 2-0 ގެ ނަތީޖާއން ސިޓީ ބަލިކޮށްފައެވެ.

މި މޮޅާއިއެކު ލިވަޕޫލަށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ވަނީ 11 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ލިވަޕޫލަށް 27 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އާސެނަލަށް ލިބިފައިވަނީ 26 މެޗުން 53 ޕޮއިންޓެވެ. ސިޓީ މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ.

ރޭ މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ޒޮބިސްލާއީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ސަލާހްއެވެ. މިއީ ހުރިހާ މުބާރާތެއް ހިމެނޭހެން ސަލާހް މި ސީޒަންގައި ޖެހި 30 ވަނަ ލަނޑެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި ސަލާހް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޒޮބޮސްލާއީއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސަލާހް ބުނީ މޮޅު ކޯޗަކާއިއެކު ކުޅެމުން އަންނަ ސިޓީއަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ދަނޑުގައި މޮޅުވުމަކީ އުނދަގޫ ކަމެއްކަމަށެވެ. ނަމަވެސް އެންމެ ފަހުން ހަތަރު ފަހަރު ލީގުގެ ޗެމްޕިއަންކަން ހޯދި ސިޓީއަތުން މޮޅުވުމަކީ ހާއްސަ ކަމެއްކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.