އެވަޓަން އާއި މެންޗެސްޓަރ
ނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ދެމެދު ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.
މި މެޗާއެކު އެވަޓަން 31 ޕޮއިންޓާއެކު 12 ވަނައިގައި އަދި ޔުނައިޓެޑް 30 ޕޮއިންޓާއެކު 15 ވަނައަށް ދަތުރުކޮށްފައިވެއެވެ. މެޗުގެ ފުރަތަމަ ހާފުގައި އެވަޓަން ވަރަށް ރަނގަޅަށް ކުޅެ، 19 ވަނަ މިނެޓުގައި ބެޓޯ އަދި 33 ވަނަ މިނެޓުގައި ޑޯކޯރޭ ލަނޑު ޖެހިއެވެ. ބެޓޯ ދެ ލަނޑުގައިވެސް މުހިންމު ދައުރެއް އަދާކުރިއެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑްގެ ކުޅުން ރަނގަޅުވީ ކަސެމީރޯގެ ބަދަލުގައި ގަރްނާޗޯ ކުޅެން އެރުވުމާއެކުގައެވެ. 72 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ހިލޭ ޖެހުމަކުން ލަނޑު ޖެހުމަށްފަހު، 80 ވަނަ މިނެޓުގައި މެނުއެލް އުގާޓޭ މެޗު އެއްވަރުކުރިއެވެ.
މެޗުގެ އިތުރު ވަގުތުގައި އެވަޓަންގެ އެޝްލީ ޔަންގް އަށް ލިބުނު ޕެނަލްޓީ، ވީ.އޭ.އާރު ބެލުމަށްފަހު ރެފްރީ ބާތިލުކުރިއެވެ. މިއީ އެވަޓަން އަށް ތިން ޕޮއިންޓު ހައްގުވާފަދަ މެޗެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.
ކޮމެންޓް