ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް ޕުޓިންއާއެކު މަޝްވަރާކުރަން

ހުވާކުރެއްވުމަށްފަހު ޓްރަމްޕް ޤައުމާ މުޚާތަބު ކުރައްވަނީ

ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށްޓަކައި ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިންއާއެކު "ސީރިއަސް މަޝްވަރާތަކެއް" ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއާއި ރަޝިޔާއާ ދެމެދު "މުހިންމު އިގްތިސާދީ މުއާމަލާތްތަކެއް" ހިންގުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވެމުންދާ ކަމަށެވެ. އަދި މި މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޔުކްރެއިންގެ ހަނގުރާމައަށް ތިން އަހަރު ފުރުމާ ގުޅިގެން ޖީ7 ގެ ލީޑަރުންގެ މެދުގައި ބޭއްވުނު ފޯނު ކޯލަކަށް އިޝާރާތްކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އޭނާ ރައީސްކަމުގައި ހުރިނަމަ މި ހަނގުރާމަ ފެށިގެން ނުދާނެ ކަމަށެވެ.

މީގެއިތުރުން، އެމެރިކާއާއި ޔުކްރެއިންއާ ދެމެދު ހިނގަމުންދާ މުހިންމު މަޢުދަނާއި ނާދިރު މަޢުދަނުގެ ވިޔަފާރީގެ އެއްބަސްވުމަކަށްވެސް ޓްރަމްޕް އިޝާރާތްކުރެއްވިއެވެ. މި އެއްބަސްވުމުގެ ދަށުން، ޔުކްރެއިންއަށް ފޮނުވާފައިވާ އެތައް ބިލިއަން ޑޮލަރެއްގެ އެހީއާއި ހަތިޔާރުގެ ބަދަލު އެމެރިކާއަށް ލިބޭނެ ކަމަށާއި، އަދި މިއީ ޔުކްރެއިންގެ އިގްތިސާދަށްވެސް ފައިދާކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖީ7 ގެ ލީޑަރުންގެ ފޯނު ކޯލުގައި، ހުރިހާ ފަރާތްތަކުންވެސް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.