ދިމްޔާތުގެ ބޭރުގައި ކުލަލާން އުޅެނިކޮށް ވެއްޓުނު މީހާ އައިޖީއެމްއެޗަށް ގެންދާ މަންޒަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި ކުލަލާން އުޅުނު ބިދޭސީ މީހަކު ވެއްޓި އަނިޔާވުމާ ގުޅިގެން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ވެއްޓުނީ ދިމްޔާތުގެ ފުރަތަމަ ފަންގިފިލާގެ ބޭރުގައި ކުލަލާން އުޅުނު މީހެއް ކަމަށެވެ. އެ މީހާ ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ ހަވީރު 5:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުލަލާން އުޅެނިކޮށް ވެއްޓި އަނިޔާވީ އިންޑިއާ ފިރިހެނަކަށް ކަމަށެވެ. އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް އޭނާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.
ކޮމެންޓް