މަގުތައް ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރި ވަނީ،
މާލޭގެ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ދާން އުޅުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މާލޭގެ ބުރުޒުމަގުގައި ހުންނަ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާއިސާ ނުދައްކާ ދާން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހަނދުވަރުދޭ / އދ. މާމިގިލީ، ޔާޝިން ރަޝީދު (23 އަހަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގާފައިވަނީ 20 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ޔާޝިން ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ ފަރާތުން މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް