ޣައްޒާއިން އިސްރާއީލުގެ ސިފައިން ފައިބާނީ

އިސްރައީލް ސިފައިން

ޣައްޒާއިން ޔަހޫދީ ސިފައިން ފައިބައި، ޙަމަލާތައް ދާއިމީކޮށް ހުއްޓާލުމަށް އެއްބަސްވާނަމަ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައިވާ ހުރިހާ އަސީރުން އެއްފަހަރާ ދޫކޮށްލަން ޙަމާސްއިން ހުށަހަޅައިފިއެވެ.

މި ހުށަހެޅުމަކީ ޙަމާސްއާއި ޔަހޫދީ ދައުލަތާ ދެމެދު މިހާރު ޢަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ ތެރެއިން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ޙަމާސްގެ ތަރުޖަމާނު ހާޒިމް ޤާސިމް ވިދާޅުވީ، ޣައްޒާގެ ހުރިހާ ސަރަޙައްދަކުން ސިފައިން ފޭބުމަށް އެއްބަސްވާނަމަ، އެއްފަހަރާ ހުރިހާ އަސީރުން ދޫކޮށްލުމަށް ތައްޔާރަށް ތިބި ކަމަށެވެ.

އެހެންނަމަވެސް، ޙަމާސްއިން ހަތިޔާރު ބަހައްޓައި ޣައްޒާ ދޫކޮށް ދިޔުމަށް ޔަހޫދީ ދައުލަތުން ކުރާ ޝަރުތުތަކަށް އެއްބަސްނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެއްބަސްވުމުގެ ދެވަނަ ފިޔަވަހި އަވަސްކުރުމުގެ ގޮތުން، އަންނަ ހޮނިހިރު ދުވަހު މިނިވަންކުރާ އަސީރުންގެ އަދަދު 3 އިން 6 އަށް އިތުރުކޮށްފައިވާ ކަމަށް ޙަމާސްގެ ވެރިޔާ ޚަލީލް އަލް-ޙައްޔާ އިޢުލާނުކުރައްވާފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން މިހާތަނަށް 25 ޔަހޫދީ އަސީރުންގެ ބަދަލުގައި 1,135 ފަލަސްޠީނު ރައްޔިތުން ވަނީ މިނިވަންވެފައެވެ. އަދި ކުރިއަށް އޮތް ހޮނިހިރު ދުވަހު 6 ޔަހޫދީ އަސީރުންގެ ބަދަލުގައި 502 ފަލަސްޠީނު ރައްޔިތުން މިނިވަންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.